Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އީއީޒެޑްއާ ގުޅިގެން ކުރި މުއާމަލާތްތައް އަންނަ މަހުގެ ނިޔަލަށް ހާމަކުރަން އަންގައިފި

އިލްމުވެރިންގެ ޖަމުއިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ އީއީޒެޑްއާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދަން އެދުނު މައުލޫމާތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 17 މެއި 2023 ވަނަ ދުވަހު މައުލޫމާތު ހޯދުމަށް އެދި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ އިދާރާގެ އިންފޮމޭޝަން އޮފިސަރު ޖަވާބެއް ދީފައި ނުވާކަމަށް ބުނެ އެ ޖަމުއިއްޔާއިން ވަނީ އެކަމުގެ ޝަކުވާ ހުށަހަޅާފައެވެ.

އެހެންވެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށް މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހޯދަން އެދިފައިވަނީ ދިވެހިރާއްޖޭގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ރައީސް އޮފީހުގެ ދަށުން މިހާތަނަށް ހިނގާފައިވާ އަދި ކުރެވިފައިވާ ހުރިހާ މުއާމަލާތެއްގެ ތެރެއިން ހިއްސާ ކުރެވެން ހުރި ހުރިހާ މައުލޫމާތެވެ.

7 ޖޫން 2023 ގައި ރައީސް އޮފީހުން ވަނީ ޖަވާބު ދިނުމަށް އޮތް މުއްދަތު 14 ދުވަހަށް އިތުރުކޮށްފިކަމަށް ކަނޑައަޅާ މައުލޫމާތު ހޯދި ފަރާތަށް އަންގާފައެވެ.
ނަމަވެސް އެ މުއްދަތު ހަމަވީއިރުވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެ މައުލޫމާތު ހާމަކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ލީގަލް ޓީމުގެ ފަރާތުން ބުނީ

އެ މައްސަލަ އޮފީހުގެ ލީގަލްއާ ހަމައަށްވެސް ގޮސްފައިވާކަމަށާއި ރައީސް އޮފީހުގެ ލީގަލްއިން ނިންމާފައިވަނީ އެކަމާއި ގުޅޭގޮތުން ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް ދިނުމަށްކަމަށެވެ.

ނަމަވެސް ހޯދަން އެދިފައިވަނީ ތަންކޮޅެއް ފުޅާ ދާއިރާއެއްގެ މައުލޫމާތުތަކެއްކަމަށް ފާހަގަކުރެވޭތީ އަދިވެސް އިތުރު މުއްދަތެއް ދިނުމަށް އެދޭކަމަށް އެ ޓީމުގެ ފަރާތުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހޯދަން އެދެނީ ވަކި މުއްދަތަކާއި ގުޅޭ މާއުލޫމާތުތޯ ސާފުކުރައްވާފައެވެ.

މައުލޫމާތު ހޯދަން އެދުނު ފަރާތުން ބުނީ ހޯދަން ބޭނުންވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފެށިގެން ނުވަތަ 1978 އިން ފެށިގެން ދިވެހިރާއްޖޭގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ރައީސް އޮފީހުގެ ދަށުން މިހާތަނަށް ހިނގާފައިވާ އަދި ކުރެވިފައިވާ ހުރިހާ މުއާމަލާތެއްގެ މައުލޫމާތު ކަމަށެވެ.

މިކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ދިނުމަށް ކިހާ މުއްދަތެއް ބޭނުންވާނެތޯ ރައީސް އޮފީހުން ސާފުކުރައްވާފައެވެ.

އަދި މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ މިހާރު ހިއްސާކުރެވެން ހުރި މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް އަންގަވާ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިއްސާކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހިއްސާކުރުމަށް އަންގަވާފައެވެ.

މި ލިއުމާއި ގުޅޭ