Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫ މަގުހަދާ އެފްކޯންސް މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތްކުރުން ހުއްޓާލައިފި

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް ކުންފުނީގެ މަސައްކަތު މީހުން މަސައްކަތަށް ނުކުތުން ހުއްޓައިލާ ހަޅުތާލުކުރަން ފަށައިފިއެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުން 77 މިލިއަން އެމެރިކާ ޑޮލަރު ދަރަންޏަށް ނަގައިގެން ހިންގާ މަޝްރޫޢެކެވެ.

މަސައްކަތް ހަވާލުކުރިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވިއިރު، އެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުންނެވެ. މަގުތައް ކޮނެ ނުހެދި ދިގުލައިގެން ދިއުމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް އަންނަނީ ބޮޑެތި އުދަގުލާއި ތަކުލީފުތައް ކުރިމަތިވަމުންނެވެ.

ބައެއް މަގުގައި ތާރުއަޅައިގެން އަދި އަނެއް ބައި މަގުތަކުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އަޅައިގެން މަގުތައް ހެދުމަށް ހަވާލުކުރި މަޝްރޫޢު ހިންގާ އެފްކޯންސް ކުންފުނީގެ ބައެއް މުވައްޒަފުން މަސައްކަތަށް ނިކުތުން ހުއްޓައިލީ އެ މުވައްޒަފުންނަށް ދެމުން އަންނަ އުޖޫރައާމެދު ހިތްހަމަނުޖެހިގެންނެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުން އެދެމުންދަނީ އެ މީހުންގެ އުޖޫރަ ވީހާވެސް އަވަހަށް ބޮޑުކޮށްދިނުމަށެވެ. އަދި މުސާރަތައް ބޮޑުނުކުރާނަމަ އިތުރަށް މަސައްކަތްނުކުރާނެކަމަށް އެ މުވައްޒަފުން ބުނަމުންދެއެވެ.

މީގެ ކުރިންވެސް ބަރާބަރަށް މުސާރަ ނުދިނުމާއި، ކެއުމުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ކުރިމަތިވެ، އެފްކޯންސްގެ މުވައްޒަފުން މަސައްކަތް ހުއްޓައިލާ އިހުތިޖާޖުކޮށް ހަޅުތާލުކޮށްފައިވެއެވެ.

ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ ބޮޑެތި މަޝްރޫޢުތަކެއް މި ސަރުކާރުން އިންޑިއާ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިތަކުގެ މަސައްކަތުގެ ފެންވަރު ދަށްވެފައި ދުވެލި ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުނިތަކަށް އަމާޒުވެފައިވެއެވެ.

އިންޑިއާ ކުންފުނިތަކުން މަސައްކަތްތެރިންނާމެދު ކަންކުރާ ގޮތުން ހިތްހަމަނުޖެހިގެން އެ ކުންފުނިތަކުގެ މުވައްޒަފުން އިހުތިޖާޖުކުރުމާއި ހަޅުތާލުކުރުމަކީ ދޭތެރެ ދޭތެރެއިން ފެންނަމުންދާ ކަމެކެވެ.

މި ލިއުމާއި ގުޅޭ