Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޕީޖީން އެންގުމުން މިއަދަށް ތާވަލުކުރި ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

މިއަދަށް ތާވަލުކޯށްފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމާ ގުޅުވައިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކެންސަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.

ހައިކޯޓުން ބުނިގޮތުގައި އަޑު އެހުން މިހާރު ވަނީ ކެންސަލް ކުރެވިފައެވެ. އެ ކޯޓުން ބުނީ މިއަދުގެ އަޑު އެހުން ކެންސަލް ކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދުމަށްކަމަށެވެ.

ނިމުނު އަހަރުގެ ޑިސެންބަރު މަހުގައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވީ ފެބްރުއަރީ މަހުއެވެ. ނަމަވެސް ޝަރީޢަތް ތާވަލުނުކުރެވި ގިނަ ދުވަސްތަކެއް ވުމަށްފަހު ޖޫން މަހުގައި އެ މައްސަލަ ތާވަލުކޮށް އަޑުއެހުންތައް ފަށާފައިވެއެވެ.
ޖޫން މަހުގައި ފެށި އަޑުއެހުންތަކުގެ ތެރެއިން މައްސަލަ ނިންމުމަށް އަޑުއެހުމެއް ނުވަތަ ދެ އަޑުއެހުމަށް ވެފައިވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ޗުއްޓީ ނެންގެވިއެވެ. އެއަށްފަހު ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީ ބަލައިގަތުމާ ހަމަައަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރެވިފައިނުވެއެވެ.

އާރަށް މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ޖޫން މަހުގައި ހުއްޓުމަކަށް އައި ގޮތަށް އިތުރު އަޑުއެހުމެއް ނުބޭއްވި އޮތުމަށްފަހު ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ ބުދަ ދުވަހުއެވެ.

މި ލިއުމާއި ގުޅޭ