Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވާއިރު އަތް ޖަހާނެ ގޮތް މަބްރޫކް އެބަ ކިޔައިދޭ: ވައްޑެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާއިރު އަތްތިލަބަޑި ޖަހާނެ ގޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަންގަމުން ގެންދެވި ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައްޑެވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް މަޖްލީސް ހިންގޭނެ ޖާގަ ސަރުކާރުން ނުދޭކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވްކުރަން ވެސް އަންގައިފައިވާ ކަމަށެވެ.

"ދައްކަންވީ ވާހަކަ މަބްރޫކު އެބަ ކިޔައިދޭ" ވައްޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މާ މާތް މީހެއް ކަމަށް ދެއްކިގެން ތަންތަނަށް އަރާ ވާހަކަ ދައްކަވާއިރު އެމަނިކުފާނުގެ ވަނީ ގާނުނީ ދައުލަތެއްގެ ގާނޫނީ ހައިސިއްޔަތު ނަގާފައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވައްޑެ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ