Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

"ތާރމޯނިއުކްލިއަރ ހަނގުރާމަ" އެއް ފެށިދާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފި

ވޮޝިންޓަން އާއި ދެކުނު ކޮރެއާއާ ދެމެދު އޮންނަ ގާތް އަސްކަރީ ގުޅުމުގެ ސަބަބުން އެ ސަރަހައްދު ނިއުކްލިއާ ހަނގުރާމައަކާ ގާތްވަމުން އަންނަ ކަމަށް ޕިއޮންޔޮންގް އިން ބުނެފި އެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެމެދު މިހާރު ކުރިއަށްދާ 11 ދުވަހުގެ އެކްސަސައިޒް "އުލްޗީ ފްރީޑަމް ޝީލްޑް" އަކީ "އުތުރުގެ ސަރަހައްދަށް އަރައިގަތުމުގެ ހަގީގީ ހަނގުރާމައެއްގެ" ރިހާސަލްއެއް ކަމަށާއި "ޑްރިލްގެ ހަރުކަށި ސިފަ އިތުރަށް ފެންނަން ފަށާފައިވާ" ކަމަށެވެ.
ޕިއޮންޔޮންގް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ ޑްރިލްގައި އެމެރިކާ އާއި އެގައުމުގެ ބައިވެރިން މެރީލޭންޑްގެ ކޭމްޕް ޑޭވިޑްގައި މިދިޔަ ހަފުތާގައި އެއްބަސްވި އުސޫލްތައް ތަންފީޒުކޮށްފި ނަމަ ކޮރެއާ ޕެނިންސިއުލާގައި ތާމޯނިއުކްލިއާ ހަނގުރާމައެއް ފެތުރުމުގެ ފުރުސަތު އިތުރަށް ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.
އުތުރު ކޮރެއާއިން ދެކޭ ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާނާ އެކު އެމެރިކާ އިން ކުރިއަށް ގެންދާ އާދަޔާ ހިލާފު ތަމްރީނުތަކަކީ ނުރައްކަލެކެވެ. ވޮޝިންޓަން އިން ބުނަމުން ދަނީ މި ހަރަކާތަކީ މުޅިން ޑިފެންސިވް ސިފަތަކެއް ކަމަށެވެ.
ހޯމަ ދުވަހު ފެށި މި ޑްރިލްތަކުގައި 30 އަށް ވުރެ ގިނަ ކަސްރަތު ހިމެނޭއިރު، ކޮމްޕިއުޓާ ސިމިއުލޭޓެޑް ވޯގޭމްސް އާއި ފީލްޑް ޓްރެއިނިން އެއްކޮށްފައިވެ އެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން "މި ސަރަހައްދުގެ ސުލްހަ އާއި ސަލާމަތާއި ރައްކާތެރިކަމުގެ ލިންޗްޕިންގެ ގޮތުގައި [އެމެރިކާ-ދެކުނު ކޮރެއާ] ކޯލިޝަންގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ތަރުޖަމާނު ކާނަލް ލީ ސަންގް-ޖުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ތަމްރީނަކީ އުތުރު ކޮރެއާއިން ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒެއް ކަމަށެވެ.
ޕިއޮންޔޮންގް އިން މިފަދަ ތަމްރީނުތަކަށް ރައްދު ދީފައިވަނީ އަމިއްލަ ހަތިޔާރު ޓެސްޓުކޮށް، ޖަޕާން ކަނޑުގެ ސަރަހައްދާއި ޔެލޯ ސީއަށް ޕްރޮޖެކްޓަލްތައް ފޮނުވާލުމުންނެވެ.
ޖަޕާނުގެ ކޯސްޓްގާޑުން އަންގާރަ ދުވަހު ބުނީ މި މަހުގެ ފަހުކޮޅު ޖައްވަށް ސެޓެލައިޓެއް ފޮނުވަން ނިންމާފައިވާކަން އުތުރު ކޮރެއާއިން އަންގާފައިވާ ކަމަށެވެ.
ޕިޔޮންގްޔަންގް އިން މީގެ ކުރިން މެއި މަހު ފޮނުވާލި ސެޓެލައިޓް ލޯންޗް ވަނީ ނާކާމިޔާބު ވެފައެވެ.
މި ލިއުމާއި ގުޅޭ