Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ޑޮލަރުގެ ރަސްމީ ރޭޓު 25 ރުފިޔާއަށް ބޮޑުކުރަން އިންޑިއާއިން ލަފާދީފި

ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފިއެވެ.

"ދިޔަރެސް"އަށް އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާގެ އަގު ދަށްކޮށް ޑޮލަރުގެ އެކްސްޗޭންޖު ރޭޓު މަތިކުރުމަށް އިންޑިއާއިން ލަފާ ދީފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.

އިންޑިއާއިން މިފަދައިން ލަފާދީފައިވާއިރު، ދިވެހި ދައުލަތުގެ ޖުމްލަ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެކި ގޮތްގޮތުން އިންޑިއާއާއި އެ ޤައުމުގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކެވެ.

ފައިސާގެ ރަސްމީ އަގު ދަށްކޮށް ޑޮލަރުގެ އަގު ބޮޑުކުރަން އިންޑިއާއިން ލަފާދިނީ ރާއްޖޭގެ ފައިސާގެ ބުލެކް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.50 ރުފިޔާގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމާއެކު ބޭރު ފައިސާއިން ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ނަމަވެސް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤުތިޞާދުގައި ހުރި ދިވެހި ފައިސާގެ އަދަދު ޑޮލަރަށްވުރެ އެތައް ގުނައެއް އިތުރުވުމުން ފައިސާގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިންޑިއާއިން ދިވެހި ފައިސާގެ އަގު ދަށްކޮށް ބޭރު ފައިސާގެ އަގު ބޮޑުކުރަން ލަފާދިން ނަމަވެސް މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން ނިންމާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ