Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސާ ސިރާޖު

އެމްޑީޕީން ވަކިވެވަޑައިގެން ސިރާޖު ޑރ.މުޢިއްޒަށް ތާއީދުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވައިފިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖަކީ ރައީސް މުޙައްމަދު ނަޝީދާ ގާތް ގުޅުމެއް އޮތް އެމަނިކުފާނަށް ތާއީދުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި މެންބަރެކެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ.

ސިރާޖު ރައީސް އިބްރާހީމަށް ޕްރައިމަރީގައި ތާއީދުކުރެއްވި ނަމަވެސް ފަހުން ސިޔާސީ މަސައްކަތްތަކުން މާބޮޑަށް އޭނާ ފެނިފައިނުވެއެވެ. ޚާއްޞަކޮށް ރައީސް އިބްރާހީމުގެ ރިޔާސީ ކެމްޕެއިނުން އެއްވެސް މިންވަރަކަށް ސިރާޖު ފެނިފައިނުވެއެވެ.

ފާއިތުވި ހަފުތާގައި ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވި ނަމަވެސް ދެން ސިޔާސީ ގޮތުން ކުރިއަށްވަޑައިގަތުމަށް ވިސްނަވާ ގޮތެއް އޭނާ ހާމަނުކުރައްވައެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި ސިރާޖުވަނީ އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވާނީ ޑރ.މުޢިއްޒަށްކަން ހާމަކުރައްވާފައެވެ. ޑރ.މުޢިއްޒަށް ތާއީދުކުރަން ނިންމެވިކަން ހާމަކުރެއްވުމާއެކު، އޭނާވަނީ ލ.އަތޮޅުން ތަފާތު ދައްކަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލާމު އަތޮޅުން އެމްޑީޕީގެ ކެންޑިޑޭޓު ކުރި ހޯދިކަމުގައިވިޔަސް، މިއިންތިޚާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖަކީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ޕާޓީ ދޫކުރައްވައި އިދިކޮޅު އިއްތިހާދަށް ތާއީދުކުރެއްވި ފުރަތަމަ މެންބަރެވެ.

މި ލިއުމާއި ގުޅޭ