Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސާ ސިރާޖު

މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީ އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ. އެ ސިޓީގައި ސިރާޖު ވިދާޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާކަމަށެވެ. އަދި ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދިނުމަށް އެދިފައިވެ އެވެ.
ޕާޓީގައި ހުންނަން ބޭނުންނުވާ ސަބަބު އޭނާ ހާމަކޮށްފައެއްނުވެ އެވެ.
ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ސިރާޖު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވި ނަމަވެސް އޭނާ ވަނީ މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަށް ވެސް ފާޑުވިދާޅުވެފަ އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ސިރާޖު ސިޔާސީ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުންނެވެ.
މި ލިއުމާއި ގުޅޭ