Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ހުރިހާ ސިޓީއެއްގައި ވަޤުފު ބިން ކަނޑައެޅި އިތުރުކުރެވޭނެ

ފަޤީރުންނާއި ނިކަމެތިންނަށް އެހީތެރިވުމަށްޓަކައި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް އާމްދަނީ ހޯދުމުގެ މަގެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަޤުފު ބިންތައް ކަނޑައަޅައި އިތުރުކުރުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.

ޑރ.މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ ބައިތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ސިޔާސަތު އިފުތިތާހުކުރުމަށް މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޖަލްސާގައި އިއުލާނުކުރި އެއް ސިޔާސަތަކީ ވަޤުފުގެ ނިޒާމު ފުޅާކުރުމެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް ވަޤުފުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ފުޅާކޮށް ކުރެވިފައިވެއެވެ. ވަޤުފު ބިންތަކަކީ އެ ބިންތަކުން ލިބޭ މަންފާއާއި ފައިދާ އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން ވަކި ކަންކަމަށް ޚާޞަ ކުރެވޭ ބިންތަކެވެ.

ޑރ.މުޢިއްޒުގެ މެނިފެސްޓީގައި ހިމަނާފައިވާ ސިޔާސަތުގެ ތެރެއިން ހުރިހާ ސިޓީއެއްގައިވެސް ވަޤުފު ބިންތައް ކަނޑައެޅިގެންދާނެއެވެ. އެ ވަޤުފު ބިންތައް ބޭނުންކުރެވޭނީ ނިކަމެތިންނަށް އެހީތެރިވުމަށްކަމުގައިވެސް އެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ވަޤުފު ބިންތައް އިތުރުކުރައްވަން ވައުދުވެވަޑައިގެންފައިވާއިރު، ޑރ.މުޢިއްޒުވަނީ އޭނާގެ ވެރިކަމެއްގައި ހައްޖު ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރައްވައި މާލީ ހާލަތު ރަނގަޅުކުރައްވައި ، ނިކަމެތިން ހިލޭ ހައްޖަށް ގެންދިއުމުގެ ޕްރޮގުރާމެއް ތައާރަފުކުރައްވައި ފުރަތަމަ ދައުރުގެ ފަސް އަހަރުގައި 1،000 މީހުން ހައްޖަށް ހިލޭ ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

އޭގެ އިތުރަށް ޒަކާތު ހައުސްގެ ޤާނޫނީ އޮނިގަނޑު އެކުލަވައިލައްވައި ހަލާލު ކަންކަމަށް ޒަކާތު ފަންޑުން އިންވެސްޓުކޮށް އިތުރުކުރެވޭ ފައިދާއިން ޒަކާތުގެ އެހީތެރިކަން ބޭނުންވާ ހުރިހާ އެންމެނަށް އެހީތެރިކަން ލިބޭނެ ނިޒާމެއް ޤާއިމުކުރައްވަން ޑރ.މުޢިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ.މުޢިއްޒުގެ މެނިފެސްޓޯގެ ތެރެއިން ބޯހިޔާވަހިކަމާއި ގެދޮރާ ގުޅޭ ސިޔާސަތުވަނީ އިއުލާނުކޮށްފައެވެ. އަދި ދިވެހީންގެ ރާއްޖެ މެނިފެސްޓޯވަނީ އިފުތިތާހުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ