ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދުއަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކުރުމަށް ނިކުތް އެމްޑީޕީ ސަޕޯޓަރުންނާއި ސަރުކާރަށް އިދިކޮޅު ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ރައްދު ދީފިއެވެ.
އެމްޑީޕީ ސަޕޯޓަރުން ވަނީ ޑރ. މުއިއްޒުގެ އަނބިކަނބަލުން ދަތުރުކުރެއްވި ލޯންޗު ދޮށަށް އެއްވެ އަޑުގަދަކޮށް އިދިކޮޅު ސަޕޯޓަރުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފައެވެ.
އެމްޑީޕީ ސަޕޯޓަރުން ހީކުރި ގޮތުގައި ޑރ. މުއިއްޒު ވެސް ދަތުރު ކުރެއްވީ އެލޯންޗުގައެވެ. ނަމަވެސް ވ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު ވަޑައިގެންނެވުނީ، ގުރައިދޫއަށް ވަޑައިގަންނަވަން ހަމޖެހިފައިވަނީ 17:30ގައި ނަމަވެސް އެރަށަށް ފޯރީ ގަޑިއެއްހާއިރު ލަހުންނެވެ. އެހެންކަމުން ހަމަނުޖެހުން ހިނގި ވަގުތު އެމަނިކުފާނު އެރަށަށް ވަޑައެއް ނުގަންނަވައެވެ.
ޑރ. މުއިއއްޒު 6:30 ގައި ގުރައިދޫއަށް ވަޑައިގެންނެވި އިރު ވެސް އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ ހަޅޭއްލަވައި ޑރ. މުއިއްޒަށް ނިސްބަތްކޮށް އެކި އެއްޗެހި ގޮވަމުންނެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ގުރައިދޫގެ، ޕީޕީއެމްގެ ބިޔަ ލަޝްކަރު ނިކުމެ ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔެވެ. ޕީޕީއެމްގެ ސަޕޯޓަރުން އޮތީ ބަނދަރު ފުރައިލައިފައެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުން ދިޔައީ އިންތިޚާބު ގެންދާނީ އެއްބުރުން، ގެންދާނީ އެއްބުރުން،" ކަމަށެވެ.
ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބޮޑުބެރު ޖަހަމުން ގުރައިދޫގެ ސަޕޯޓަރުން އެއްއަޑަކުން ގޮވަމުން ދިޔައީ ގުރައިދޫ އަކީ ޕީޕީއެމްގެ ރަށެއްކަމަށާއި މި އިންތިޚާބު ޑރ. މުއިއްޒު އަށް ކާމިޔާބު ކޮށްދޭނީ އެއްބުރުން ކަމަށެވެ.
ޑރ. މުއިއްޒު ސަޕޯޓަރުންނާ ސަލާންކުރައްވައި ވަޑައިގެންނެވިއިރު، އިިދިކޮޅު އެމްޑީޕީން ނުކުތް މީހުންގެ ތެރެއިން ތިބީ މަދު ބައެކެވެ. މުޅި ބަނދަރު ފުރާލީ ފިޔާތޮށި ކުލައިންނެވެ.