Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

އުމަރު ނަސީރަށް ހަމަލާދީފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު މަގުމަތިން ހަމަލާދީފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރޯޑް ރެލީ ކުރިޔަށް ދަނިކޮށް ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު އެބޭފުޅާގެ މޫނުމަތީގައި ދަގަނޑު އެއްޗެއް އެއްލައި ޖަހާފައިވާ ކަމަށެވެ.

ހަމަލާ ދިނުމަށްފަހު އެމީހާ ފިލާފައިވާ ކަމަށް ވެސް އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި އެވަގުތު އޭނާގެ ސެކިޔުރިޓީގައި ތިބި ސިފައިން އެމީހާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވީ އެހަމާލާގައި އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ.

"މިއަދު މާލޭގައި އަޅުގަޑު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަޑު އެއްޗެއް އެއްލާ އަޅުގަޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައެވެ. އަޅުގަޑުގެ ސިކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ. އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައެވެ. މިހާދިސާގެ ސަބަބުން އަޅުގަޑަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ." އުމަރު ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު އުމަރަށް ހަމަލާއެއް ދީފައިވާއިރު، އުމަރު ވިދާޅުވެފައިވަނީ އެބޭފުޅާގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ގެންނާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ