Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވ.ފެލިދޫ

ފެލިދޫ ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ މި ސަރުކާރުން ތަރައްޤީ ގެންނަ ދުވެލި

ވ.ފެލިދޫއަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ކެމްޕެއިން ޒިޔާރާތުގައި ވ.ފެލިދޫއަށް ވަޑައިގަތުމުން އެ ރަށު ކައުންސިލުގެ ރައީސް އަޙްމަދު ނަޞްރުﷲ އެ ރަށުގައި މިހާރުގެ ސަރުކާރުން ފަށާފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.

ޑރ.މުޢިއްޒުގެ ހާޒިރުގައި ނަޞްރުﷲ ވިދާޅުވީ މި ފަސް އަހަރުގައި ރަށަށް ގެންނަން އެ ރަށުގެ ރައްޔިތުން އެދުނު އެއްވެސް ތަރައްޤީއެއް އެ ރަށަށް ގެނެވިފައިނުވާ ކަމަށެވެ. އެގޮތުން އެ ރަށުގައި ވ.އަތޮޅު ހޮސްޕިޓާ ހަދަން ނިންމުމުން އެ ރަށަކީ ބިން ކުޑަ ރަށެއްކަމަށްވާތީ، އެ ރަށުގެ ބިން ބޮޑުކޮށްދިނުމަށް ސަރުކާރުގައި އެދުނު ކަމަށެވެ. ނަމަވެސް އެކަން ސަރުކާރުން ކޮށްނުދިން ކަމަށެވެ.

ދެން އެންމެ ފަހުން ސަރުކާރުން އެދިގެން އެ ރަށުގެ ފުޓުބޯޅަ ދަނޑު ހުރި ބިން ހޮސްޕިޓާ އެޅުމަށް ހުސްކުރި ކަމަށާއި ނަމަވެސް 5 އަހަރު ނިމުނުއިރުވެސް އެ މަސައްކަތް ހިނގާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ގުޅާފައި ބުނަނީ ބިން ހުސްކޮށްދޭން. ވެރިކަން ނިމެން އޮތީ 20 ދުވަސް. 4 އަހަރާއި އެތައް ދުވަހުން ނުވިކަމެއް މިހާރު ދެން ކުރެވޭނެ ކަމެއް ކަމުގައި ނުދެކެން،" ޝުޖާ ވިދާޅުވިއެވެ.

ދެން ސަރުކާރުން ފެށި ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގުރާމުވެސް ފަނުފުލުން ދިޔަކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ "ސަރުކާރުން ދިން ބުއްތައްޓާއި ދޮންކެޔޮ ކެއި ކުއްޖެއް" ފެލިދޫގައި ނެތް ކަމަށެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވީ އެ ރަށުގައި އަޅަން ސަރުކާރުން އިއުލާނުކުރި މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްވެސް ނިންމައިލެވިފައިނުވާ ކަމަށެވެ. ސުކޫލު ބާވެ ކިލާސް ރޫމުތައް މަރާމާތުނުކުރެވި ވީރާނާވަމުންދާއިރު، އެއިން އެއްވެސް ކަމެއް ސަރުކާރަށް ރަނގަޅު ނުކުރެވުނު ކަމަށެވެ.

އަތޮޅަށް ދޭން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންނެވި ޕިކްނިކް އައިލެންޑް އަދިވެސް ނުދެވޭކަމަށާއި، ފެލިދޫގައި އަޅަން ބުނި ވޮލީކޯޓާއި ފުޓުބޯޅަ ދަނޑު އެޅިފައިނުވާއިރު، އެ ރަށުގައި އޮތް ފުޓުބޯޅަދަނޑު ހޮސްޕިޓާއަޅަން ދޫކޮށްފައި އޮވެ ވީރާނާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި ފުޓްސަލް ދަނޑުވެސް މަރާމާތުނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުޓްސަލް ދަނޑު މަރާމާތުކުރަން ޔޫތު މިނިސްޓްރީއަށް ފޮނުވިތާ 6 މަސްވީއިރު އަދިވެސް އެ ސިޓީއަށް ޖަވާބުދީފައިނުވާކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ އެ ރަށުގައި ކުޑަކުދިން ޕާކެއް އެޅުއްވިކަމަށް ރައީސް ވިދާޅުވިއިރު އެ ޕާކަކީ ދާއިރާގެ މަޖިލިސް މެންބަރު ފަޒުލް ރަޝީދުގެ އެހީތެރިކަމާއެކު އެޅި ތަނެއް ކަމަށެވެ. ރަށު މިސްކިތް އޭސީކުރީވެސް ސީދާ ފަޒުލް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ