Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މިފްކޯގެ ހިއްސާއާއެކު ބޮޑު ކަންނެލި ގަންނަ އަގު ބޮޑުކުރާނަން: ޑރ.މުޢިއްޒު

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މިފްކޯއިން ބޮޑުކަންނެލި ގަތުމާއެކު، ބޮޑުކަންނެލީގެ އަގު ކަނޑައަޅުއްވާނެކަން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

މ.މުލަކުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރޭ ފ.ނިލަންދޫގައި ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމުގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިއްމު ސިޔާސަތުތަކެއް އިއުލާނުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިންގެ ކޯޕަރޭޓް ސޮސައިޓީއެއް ޤާއިމުކުރައްވައި އެ ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާ މިފްކޯގައި އޮންނަ ގޮތަށް ކަނޑައަޅުއްވައި، އެ ހިއްސާގެ ސަބަބުން މިފްކޯއިން ދީދާ ގޮތުގައި މަސްވެރިންނަށް ބޭރު ފައިސާއިން ފައިދާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަން ނިލަންދޫގައި އޮތް ޖަލްސާގައި އޭނާވަނީ އިއުލާނުކުރައްވާފައެވެ.

އިތުރަށް ޑރ.މުޢިއްޒު މިރޭ ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ބޮޑު ކަންނެލި މިފްކޯއިން ގަންނަން ފައްޓަވާނެ ކަމަށެވެ. އަދި ބޮޑު ކަންނެލީގެ އަގު ވަކި މިންގަނޑެއްގައި ހިފަހެއްޓެވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ބޮޑު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 80 ރުފިޔާއަށް ކަމުގައި ކަނޑައަޅުއްވާނެ ކަމަށާއި، އަދި އޭ ގުރޭޑު ކަންނެލި ގަންނަ އަގަކީ 100 ރުފިޔާކަމަށް ކަނޑައަޅުއްވައި ނިންމަވާނެ ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރަށް މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލު މިހާރު ވިއްކަމުންދާ އަގަށްވުރެ ހެޔޮ އަގުގައި ޕެޓްރޯލު އަދި ޑީސަލް ލިބޭނެ ގޮތް ފަހިކުރައްވައި އެކަމުގެ ޚާއްޞަ ސިޔާސަތުތަކެއް ތަންފީޒުކުރައްވާނެ ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިކަންކަން ހާސިލުކުރަން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދުވަހުން ފެށިގެއ ްކުރައްވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ