އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ އިސްލާމިކް ސެންޓަރުގެ ގަޑި ހުއްޓި، އެތަނުގެ ސްޕީކަރު ވެއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އެތަނަށް ގަވާއިދުން ދާ މީހަކު ބުނި ގޮތުގައި އެތަނުގެ ގަޑި ހުއްޓި، ސްޕީކަރު ވެއްޓިފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އެފަދަ ތަންތަން މެއިންޓެއިންކޮށް ނުބަލަހައްޓާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީތަކުގެ ފަންކާތަކުގައި ވަަރަށް ބޮޑަށް ދަބަރު ޖަހައި، ފަންކާތަކުގެ ދަބަރު ކަހައި ސްޕްރޭ ކުރުމަށް އެތަނުގެ މުވައްޒަފުން ނެރުނެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ޚަރަދު ކުރާނެ ފައިސާ ނުވަތަ މިސްކިތްތަކަށް ޚަރަދު ކުރަން ދީފައިވާ ބަޖެޓުން އެކަން ނުވެގެން މިސްކިތްތައް ބަލަހައްޓަމުން ގެންދާ މާލޭ ސިޓީ ކައުންސިލުން އެކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.
ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ މިސްކިތް ތަކެއްގެ ކަންކަން ބަލަހައްޓަމުން ގެންދަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ދާދި ފަހުން ސިޓީކައުންސިލުން ވަނީ މިސްކިތްތައް ވީރާނާ ވަމުންދާ އިރު ސަރުކާރުން އެކަމަށް ދީފައިވާ ބަޖެޓުން ނުވެގެން މިސްކިތްތަކަށް އެހީ ހޯދުމަށް ފަންޑެއް ވެސް ހުޅުވައިފައެވެ.