Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް ﷲ ގަބޫލުނުކުރައްވާނެ: ހުތުބާ

ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް ﷲ ގަބޫލުނުކުރައްވާނެ ކަަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ރަހިމުގެ ގުޅުން ދެމެހެއްޓުން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށެވެ. އެއީ މާތް ގެ ހަޟްރަތުގައި ތިމާ ކުއްތަންކޮށްދޭނެ އަމަލެކެވެ.
ހުތުބާގައި ބުނި ގޮތުގައި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި، ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިޔުމާ ދުރުހެލި ކުރައްވާނޭ ކަމެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެކަމުގެ މުހިންމުކަން ފާހަގަކޮށް ހުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މާތް ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށާއި އެއީ ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށެވެ.
މައިންބަފައިން ދުނިޔެ ދޫކޮށް ދިއުމަށްފަހުގައި ވެސް އެބައިމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި، އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެއްހެއްޓުމަކީ ވެސް ހުތުބާގައި ބުނި ގޮތުގައި ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ހުތުބާގައި ބުނި ގޮތުގައި ފާފަ ފުއްސަވާ ކަމެކެވެ. އަދި އެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށެވެ.
"ހަމަކަށަވަރުން އާދަމުގެ ދަރީން ކުރާ އަމަލުތައް ކޮންނެ ހުކުރު ވިލޭރޭއަކު މާތް ﷲ ގެ ހަޟްރަތައް ހުށަހެޅޭނެތެވެ. ފަހެ ރަހިމުގެ ގުޅުން ކަނޑާފައިވާ މީހާގެ އަމަލުތައް ގަބޫލު ނުކުރައްވާނެތެވެ،" ކީރިތި ރަސޫލާ (ޞ) ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީ ވެސް އުގޫބާތް ލިބޭނެ ކަމަށް ވެސް ކީރިތި ރަސޫލާ (ޞ) ގެ ބަސްފުޅުން އެނގޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ