ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި މިއަހަރު ހިނގި އެންމެ ބޮޑު ލޭއޮހޮރުވުމުގައި 45 މީހުން މަރުވި ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު ބޮޑު ހަމަނުޖެހުމެއް ހިނގާފާނެކަމުގެ އިންޒާރު ލީބިޔާގެ ވާދަވެރި ބޮޑުވަޒީރަކު ބުރާސްފަތި ދުވަހު ދެއްވައިފިއެވެ.
ޓްރިޕޮލީގެ އެއާޕޯޓެއްގައި ބްރިގޭޑްގެ ސީނިއާ ކޮމާންޑަރެއް ކަމަށްވާ މަހްމޫދު ހަމްޒާ ވާދަވެރި ޖަމާއަތުން ހިފަހައްޓާފައި ވަނިކޮށް 444 ބްރިގޭޑްގެ ސިފައިންނާއި އެ ޖަމާއަތުގެ ވާދަވެރި ސްޕެޝަލް ޑިޓެރެންސް ފޯސްއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
ލީބިޔާގެ މީޑިއާތަކުން ބުދަ ދުވަހުގެ ރޭ ގެނެސްދިން ފުޓޭޖްތަކުން ދައްކާ ގޮތުގައި ޓްރިޕޮލީގެ ސަރުކާރު ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުލް ހާމިދު ދެބެއިބާގެ އިންޒާރު އައިސްފައި މިވަނީ ހަމްޒާ މިނިވަންކޮށް އެނބުރި އޭނާގެ ލަޝްކަރުގެ މައި މަރުކަޒަށް ވަޑައިގަތުމާ ގުޅިގެންނެވެ.
"ހަމަނުޖެހުންތަކުގެ އަޑަށް އަހަރެމެން މިތިބީ ހޭނިފައި، އެކަމަކު އާންމުން ކައިރިއަށް އައުމަކީ މަނާ ކަމެއް،" ދެ ލަޝްކަރުގެ ބާރު ގަދަ ޑިސްޓްރިކްޓެއް ކަމަށްވާ އިރުމަތީ ޓްރިޕޮލީގެ އާބާދީގެ ބޮޑުންނާއެކު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ދެބެއިބާ ވިދާޅުވި އެވެ.
ޓްރިޕޮލީގެ ބޮޑުވަޒީރު ގެ 45 މިނެޓުގެ ތަގުރީރުގައި ވަނީ ހަނގުރާމަ އިތުރަށް ހޫނުވެއްޖެ ނަމަ ދެ ލަޝްކަރާ ދެކޮޅަށް "އެހެނިހެން ފިޔަވަޅުތައް" އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައި ވީ ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ހަމްޒާ މިނިވަން ކުރުމުގައި ދުބޭބާ އާއި އޭނާގެ ސަރުކާރުގެ ދައުރަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.
ޓްރިޕޮލީގެ ދާޚިލީ ވުޒާރާއިން ބުދަ ދުވަހު ބުނެފައިވަނީ އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގި ވެރިރަށް ޓްރިޕޮލީގެ އަވަށްތަކުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ.
އަދި ސިޗުއޭޝަން ރޫމެއް ވެސް ގާއިމްކުރި ނަމަވެސް ބުދަ ދުވަހާ ހަމައަށް އެ ސިޓީއަށް ވަނީ ވަގުތީ ހަމަޖެހުމެއް އައިސްފަ އެވެ.
ލީބިޔާގެ އިމަޖެންސީ މެޑިސިން އެންޑް ސަޕޯޓް ސެންޓަރުގެ ތަރުޖަމާނު މަލިކް މާސެޓް ބުދަ ދުވަހު އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ މަރުވި މީހުންގެ އަދަދު 45 އަށް އަރާފައިވާ ކަމަށާއި އަންގާރަ ދުވަހު މަރުވި މީހުންގެ އަދަދު 27 އަށް އަރާފައިވާ ކަމަށާއި އިތުރު 146 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރެއިން އާންމުންގެ އަދަދަކީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން 2011 ވަނަ އަހަރުގެ ބަޣާވާތް ދާޚިލީ ހަނގުރާމައަކަށް ބަދަލުވި ފަހުން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ ލީބިޔާގެ ޒަމާންވީ ޑިކްޓޭޓަރު މުއައްމަރު ގައްޒާފީ ފަހުން އަވަހާރަކޮށްލި އިރު، އެ ބަޣާވާތުގެ ނާޒުކުކަން ވަނީ ހާމަވެފައެވެ.
2014 ވަނަ އަހަރުން ފެށިގެން ލީބިޔާ ވަނީ ވާދަވެރި ދެ ސަރުކާރެއްގެ މެދުގައި ބަހާލާފައެވެ- އެއް ސަރުކާރަކީ ޓްރިޕޮލީގައި އަދި ސިރްތޭގައި ހަރަކާތްތެރިވާ އެއް ސަރުކާރެވެ. ބައިބައިވުން ނައްތާލައި ވާދަވެރި ސަރުކާރުތައް އެއްބައިވަންތަ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ތަފާތު މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.
އެ ދުވަސްވަރު، މިލިޝިއާ ގްރޫޕްތައް ވަނީ މުއްސަނދިވެ ބާރުގަދަވެ، ހާއްސަކޮށް ޓްރިޕޮލީ އާއި އެ ގައުމުގެ ހުޅަނގުގައި އިތުރުވެފަ އެވެ. ކިޑްނެޕްކުރުމާއި، އެޤައުމުގެ ފައިދާހުރި އިންސާނީ ވަގުފާރީގެ ވިޔަފާރީގައި ބައިވެރިވުމުގެ ފައިދާ ގިނަ ޖަމާޢަތްތަކަކަށް ލިބެއެވެ.
444 ބްރިގޭޑާއި ސްޕެޝަލް ޑިޓެރެންސް ފޯސް އަކީ ޓްރިޕޮލީގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދެ ލަޝްކަރެވެ.
މި ދެ ބޭފުޅުންނަކީ ވެސް މީގެ ކުރިން ވެސް ދުބައިބާއަށް އެންމެ ބޮޑަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ. 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވާދަވެރި ކުރީގެ ބޮޑުވަޒީރަކު އިރުމަތީ ފަރާތުން އެ ގައުމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ކޮށްލުމަށް ސިފައިންނާ ގުޅިވަޑައިގަތެވެ.