އެމްޑީޕީއިން ޖުޑީޝަރީ "ރިފޯމް" އޭ ކިޔާފައި އިތުރަށް ހެދީ ގޯސް ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހެދީ ސިޔާސީ ހަރުގެއަކަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ޖޭއެސްސީ އަށް ރާއްޖޭގެ ޖުޑިޝަރީ ނުހިންގޭ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު, ހުސްނުއްސުއޫދު ނުރުހުން ފާޅުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެ ނިންމުން ބަދަލުކުރަން ޖޭއެސްސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެކަމަކު ހައިކޯޓުންވެސް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް އެމީހުންގެ ވަޒީފާ އަލުން ދޭން ހުކުމްކުރި އެވެ. އެހެންވެ، ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ޖޭއެސްސީން އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އޭގެ ޖަވާބުގައި ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ޑީޖޭއޭ ލިޔެފައި އޮތްނަމަވެސް އެ އިދާރާއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ކަމުގައިނުވާތީ އެ މައްސަލައާ ގުޅިގެން ޑީޖޭއޭ ތަމްސީލުކުރީ ނުވަތަ މައްސަލަ ހަގީގަތުގައި ރައްދުވާންޖެހޭ ފަރާތަކީ ޖޭއެސްސީ ކަމަށެވެ.
އިދާރީ ކަންކަމާ ބެހޭ ގަވާއިދުވެސް ހަދާނީ ޖޭއެސްސީންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވުމުން ޖޭއެސްސީން ބުނީ "ޑޭޓުޓޭ ކަންކަން ކުރަނީ ޑީޖޭއޭއިން ނަމަވެސް އަލްޓިމޭޓްލީ ޕޮލިސީ ލެވެލްގައި ކަންކަން ކުރާނީ ޖޭއެސްސީން" ކަމަށެވެ.
އެއާއެކު ފަނޑިޔާރު ސުއޫދު ވިދާޅުވީ، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހާ ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިފައިވާ ބާރެއް ކަމަށް ގާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ.
ޖޭއެސްސީން ބުނީ އެގޮތަށް 156 ވަނަ މާއްދާގައި އޮތް ނަމަވެސް ޖޭއެސްސީ ހިނގާނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތަށް ކަމަށް ގާނޫނުގެ 157 ވަނަ މާއްދާގައި ބުނާ ކަމަށާއި، އެ ގާނޫނުގައި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ގާނޫނު އޮތްގޮތުން "ބާރު އޮތީ ޖޭއެސްސީގަ" ކަމަށެވެ.
"ދޮޅު އަހަރު، ދެއަހަރު ވެގެން ދާއިރު ސުޕްރީމް ކޯޓަށް އެސްޖީ އަކު، އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ ކޯޓު އަމިއްލައަށް، ނުވަތަ ކޯޓުގެ އިންޑިޕެންޑެންސް ކޮބައިތޯ. އެއީ ނުފޫޒެއްގެ ތެރެއަށް ވަންނަނީތޯ،" ޖޭއެސްސީގެ އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވި އެވެ.
ފަނޑިޔާރު ސުއޫދު ނުރުހުން ފާޅުކުރެއްވީ އެތައް ދުވަހެއް ވެގެން ދިޔަ އިރުވެސް ސުޕްރީމް ކޯޓަށް އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވި އޮތުމުން، ޖޭއެސްސީއަށް ޖުޑިޝަރީ ނުހިންގޭ ކަމަށް ވިދާޅުވެ އެވެ.
ޖުޑިޝަރީ ހިންގުމުގެ ބާރު އޮތީ ޖޭއެސްސީގައި ކަމަށް އެ އިދާރާއިން ވަކާލާތު ކުރާއިރު އަދި ކޯޓުތަކުން އަމިއްލައަށް އެ ކޯޓެއްގެ އިދާރީ މުވައްޒަފުން އައްޔަން ކުރުމުގެ ބާރު ނެތް އިރު، ޖޭއެސްސީއަށް އެކަން ނުކުރެވޭ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ގަދަޔަށް ދެއްކި ވާހަކަ އަކީ ޖުޑީޝަރީ މިނިވަން ކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އެމްޑީޕީގެ އެކްޓވިސްޓުން ޖޭއެސްސީ އަށް އައްޔަނުކޮށް ސަރުކާރުން ބޭނުވާ ގޮތަށް ކޯޓުތަކަށް ނުފޫޒު ފޯރުވައި ހުކުމްތައް ކުރަމުންގެންދާކަން އިދިކޮޅުން ފާހަކުރެއެވެ.