Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

މީޑިއާނެޓުގެ ވީޑިއޯކްލަބްއަށް ސަބްސްކްރައިބް ކޮށްގެން 10،000ރ ހޯދުމުގެ ފުރުސަތު!

މީޑިއާ ނެޓުގެ އެމްއެސް ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 10،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވީޑިއޯ ކްލަބްއިން ފަށައިފިއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ ވީޑިއޯ ކްލަބް ޑިޖިޓަލްކޮށް ފޯނުން ބަލާ ފަރާތްތަކަށް ހުޅުވާލި ހާއްސަ ފުރުސަތެކެވެ.
ވީޑިއޯކްލަބްއިން މައުލޫމާތު ދީފައިވާގޮތުގައި އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ދެ ގޮތަކަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ.

އެގޮތުން ފޯނަށް އެ އެޕް އެޅުމަށްފަހު އެމް އެސް ކޮމްބޯ ޕެކޭޖު 12 މަހަށް ނެގޭނެކަމަށާއި އެއީ ވީޑިއޯ ކްލަބްއާއި އެކު މީޑިއާ ނެޓުގެ ޓީވީ ޗެނަލްތައް ބަލާލެވޭނެ ޕެކޭޖެއްކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ. އެ ޕެކޭޖްގެ އަގަކީ 12 މަހަށް 555 ރުފިޔާއެވެ.

މީގެ އިތުރުން ހަމައެކަނި ވީޑިއޯކްލަބް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޯނުން ވީޑިއޯކްލަބްގެ ހުރިހާ ކޮންޓެންޓެއް 12 މަހަށް 333 ރުފިޔާ ދައްކައިގެން ބަލާލެވޭނެ ކަމާއި އެއީ އެއްފަހަރުން އެފަދައިން ފައިސާ ދައްކާލައިގެން އެއް އަހަރު ދުވަހަށް ވީޑިއޯ ކްލަބްގެ ހުރިހާ ކޮންޓެންޓްއެއް ބަލާލެވޭނެ ފުރުސަތެއްކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީޑިއާނެޓުން ބުނީ އެ ޕްރޮމޯޝަނުގައި ކުރިން ސަބްސްކަރައިބް ކޮށްފައިވާ ފަރާތްތަކަށްވެސް 12 މަހަށް ފައިސާ ދައްކައިގެން ވީޑިއޯ ކްލަބް އަދި މީޑިއާނެޓްގެ ޗެނަލްތައް ހަމަ އެ އަގުތަކުގައި ބަލައިލެވޭނެކަމަށާއި 12 މަހަށް އެ ހިދުމަތުގެ ބޭނުންވެސް ކުރެވޭނެ ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ 10 އޮގަސްޓުން ފެށިގެން އަންނަ ސެމްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިޑިއާނެޓުން ބުނިގޮތުގައި އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ އަންނަ މަހުގައެވެ. އަދި ނަސީބުވެރި ފަރާތަށް 10،000 ރުފިޔާ ލިބިގެން ދާއިރު my.medianet.mv އިން ސަބްސްކަރްއިބް ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމް އެސް ޑިޖިޓަލްއަކީ މިހާރުވެސް އާންމުންގެ މެދުގައި ވަރަށް މަޤްބޫލު އަދި ބޭނުން ކުރަން އެހާމެ ފަސޭހަ ހިދުމަތެކެވެ. ވީޑިއޯ ކްލަބްގެ އެ ހިދުމަތާއި އެކު ފޯނުން އެތަށް ބައިވަރު ދިވެހި، އިނގިރޭސި، ހިންދީއަދި އެހެން ޤައުމުތަކުގެ ކޮންޓެންޓެއް ހިމަނާފައިވާއިރު މިހާރު އާންމުންގެ މެދުގައި އެންމެ މަޤްބޫލު ސީރީޒް "ލަފްޒު" ސީޒަން 2 ގެ ފިނާލޭ ވެސް މިހާރު ވީޑިއޯ ކްލަބްއިން ބަލާލެވޭނެއެވެ.

މި ލިއުމާއި ގުޅޭ