Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

ފްލެޓް ދޮންބެގެ ދަރިވަރަކީ އަޅުގަނޑު، ފްލެޓާއި ގޯތި ދެވޭނީ އަޅުގަނޑަށް: އިލްޔާސް

ފްލެޓް ދޮންބެގެ ދަރިވަރަކީ އޭނާކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދެވޭނީ އޭނާގެ ވެރިކަމެއްގައިކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޯތި ދިނުމާއި ގޯތީގައި ގެ އެޅޭނެ ގޮތާއި ފްލެޓުދިނުމާއި ފްލެޓް އެޅޭނެ ގޮތް ހެދޭނީ ފްލެޓް ދޮންބެގެ ޕާޓީއަށްކަމަށެވެ.

ފްލެޓް ދޮންބެކަމަށް މީގެ ކުރިން މަޝްހޫރުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ އެންމެ އިސް ލީޑަރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ފްލެޓް ދޮންބެ ނުވަތަ ރައީސް ނަޝީދުގެ ދަރިވަރަކީ އޭނާކަމަށާއި ދިވެހި ރައްޔިތުންނަށް ފްލެޓާއި ގޯތި ދެވޭނީ އޭނާއަށް ކަމަށެވެ.

"ފްލެޓް ދޮންބެގެ ދަރިވަރަކީ އަޅުގަނޑު ގޯތިވެސް ދޭނަން ގޯތިވެސް އަތެއް ނުލެވޭނެ ފްލެޓްވެސް ދޭނަން، އަދި ނިމުނީކީ ނޫން އެ ގޯތީގައި ގެ އެޅޭނެ ފައިސާވެސް އަޅުގަނޑުމެން ހަމަ ޖައްސައިދޭނަން، އެ ބަދަލު ގެންނަން މި އަންނަނީ" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދިވެހި ރާއްޖެއަށް އެ އިންގިލާބު ގެނެސް އެ ތަނަވަސްކަން ދިވެހި ރައްޔިތުންނަށް ހޯދައިދީ އަބުރުވެރި ހަޔާތެއް ހޯދުމަށް ބޭނުންވާ ގެދޮރު، ބިން ނުވަތަ ފްލެޓް ހޯދައިދެވޭނީ ދަ ޑިމޮކްރެޓްސްއަށް ކަމަށެވެ.

އެކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ރެއާ ދުވާލު ނުނިދާ 24 ގަޑިއިރު ރައްޔިތުންގެ ހައްގުގައި އެ ބަދަލު ގެންނަން އޭނާ މަސައްކަތް ކުރައްވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ