Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރިއަށް ނުދާ ސަރުކާރުގެ މަޝްރޫއުތައް

ފަސް އަހަރު ނިމޭއިރު މަތިވެރީގެ ގިނަ މަޝްރޫއުތައް ނުނިމޭ

އއ. މަތިވެރީގައި ހިންގުމަށް މި ސަރުކާރުން އިއުލާންކުރި މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް ނުނިމޭކަން ހާމަވެއްޖެ އެވެ.
ސަރުކާރުގެ މަޝްރޫއުތައް ހުންނަ އައިލްސް ވެބްސައިޓުގައި ވާގޮތުން މި ސަރުކާރުން 15 މަޝްރޫއެއް މަތިވެރީގައި ހިންގަން ނިންމި އެވެ.
އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މަތިވެރީގައި ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް އަދި ހުރީ ނުނިމި އެވެ.

މަތިވެރީގައި ހިންގަން ނިންމި މަޝްރޫއުތައް

  • * ސްކޫލު މަލްޓިޕާޕަސް ހޯލް އަދި 12 ކްލާސްރޫމް ތިންބުރި އިމާރާތް: ނުނިމޭ
  • * ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހެދުން: ނުނިމޭ
  • * ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް: ނުނިމޭ
  • * ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް: ނުނިމޭ
  • * ބަނދަރު މަރާމާތާއި ލައިޓު ޖެހުން-: ނުފަށާ
  • * ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން: ނުފަށާ
  • * ބިން ހިއްކުން: ނުނިމޭ
  • * ޒުވާނުންގެ މަރުކަޒު ތަރައްގީކުރުން: ނުނިމޭ
  • * ޒޯން 3 ގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން: ނުނިމޭ
  • * ފުޓުބޯޅަދަނޑު ތަރައްގީކުރުން: ނުނިމޭ
  • * ގިރާ ސަރަހައްދު ހިމާޔަތްކުރުން: ނުނިމޭ
  • * ނަރުދަމާ ނިޒާމް ގާއިމްކުރުން: ނިމުނީ 85 ޕަސެންޓު
  • * ސިއްހީ މަރުކަޒު ޕޯރޓިކޯ އާއި ގަރާޖު ހެދުން: ނިމިފަ
  • * ފެނުގެ ނިޒާމް ގާއިމުކުރުން: ނިމިފަ
  • * ފެން ރައްކާކުރެވޭނެ ނިޒާމު: ނިމިފަ
އޭގެ އިތުރުން މި ސަރުކާރުން އެރަށުގައި ވޮލީކޯޓަކާއި، ފުޓްސަލް ދަނޑެއް އަދި އޭޓީއެމް ގާއިމުކޮށްދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
މަތިވެރީގެ އިތުރުންވެސް މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް ވެފައިވާ ގިނަ ވައުދުތަކާއި މަޝްރޫއުތައް ނުނިމޭކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު ރައީސް އިބްރާހީމް ގެންދަވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރަށްޜަށަށް ކެމްޕެއިން ދަތުރުގައި ވަޑައިގެން އިތުރު ވައުދުތައް ވަމުންނެވެ.
މި ލިއުމާއި ގުޅޭ