Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިޖީރިއާ

ނައިޖީރިއާގެ މެދުތެރޭގައި ހަތިޔާރު އެޅި ބަޔަކު 26 އަށް ވުރެ ގިނަ ސިފައިން މަރާލައިފި

ނައިޖީރިއާގެ މެދުތެރޭގައި ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި ނައިޖީރިއާގެ ސަލާމަތީ ބާރުތަކުގެ 26 މީހުން މަރުވެ އަށް މީހަކު ޒަހަމްވެފައިވާ ކަމަށް އަސްކަރިއްޔާގެ ދެ އޮފިޝަލަކު ބުނެފި އެވެ.
އެއާފޯސްގެ ތަރުޖަމާނު ވިދާޅުވީ ޒަހަމްވި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެސް ކުށްވެރިންނާ ދެކޮޅަށް އަސްކަރިއްޔާއިން ހަނގުރާމަ ކުރަމުންދާ ސަރަހައްދަކަށް ވެޢްޓިފައިވާ ކަމަށެވެ. ހޯމަ ދުވަހުގެ ހެނދުނު ހިނގި މިހާދިސާގައި ހެލްކޮޕްޓަރުން ދަތުރުކުރި ފަޅުވެރިންނާއި ފަސިންޖަރުން ސަލާމަތްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުނުވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ވައިގެ ސިފައިންގެ ތަރުޖަމާނު އެޑްވާޑް ގަބްކުވެޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއައި-171 ހެލިކޮޕްޓަރު ވެއްޓުނީ ޝިރޯރޯ ލޯކަލް ގަވަމެންޓް ސަރަހައްދުގެ ޗުކޫބާ ވިލެޖް ކައިރިން ކަމަށެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމުގައި ހުޅަނގާއި މެދުގައި "ބަނގުރޫޓުން" ގެ ނަމުން ނަން ދީފައިވާ ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.
މާހިރުން ވިދާޅުވާ ގޮތުގައި މި ހަމަނުޖެހުންތަކުގެ އަސްލަކީ ނައިޖަރުގައި ގެނައި ބަޣާވާތާ ގުޅުންހުރި ކަންތައް ގަނޑަކަށް ވެދާނެއެވެ.
ހުޅަނގުގެ އޮފިޝަލުންނާއި އޮބްޒާވަރުން ވަނީ މިދިޔަ މަހު ނައިޖަރުގައި ހިންގި ބަޣާވާތަކީ ނާޒުކު ދަނޑިވަޅެއްގައި ގެނައި ބަޣާވާތެއް ކަމަށް ބުނެފަ އެވެ.
ހުޅަނގު އެފްރިކާގެ ސަރަހައްދީ ބްލޮކް އީކޯވާސް އިން ވަނީ ނައިޖަރުގައި ދުސްތޫރީ ހަމަޖެހުން ގާއިމުކުރުމަށް "ސްޓޭންޑްބައި ފޯސް" އެއް ބޭއްވުމަށް ހުއްދަ ދީފަ އެވެ.
ނަމަވެސް އީކޯވާސް އިން އެ ފޯސްއާ ބެހޭ ތަފްސީލެއް އަދި ފިޔަވަޅު އަޅާނެ ތާވަލެއް އަދި ހާމަކޮށްފައި ނުވާއިރު، ލީޑަރުން ވަނީ އަދިވެސް ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ