Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

އިރާގުން ޓެލެގްރާމް އެޕްގެ ސަސްޕެންޝަން އުވާލައިފި

ގައުމީ ސަލާމަތާ ކަންބޮޑުވުންތަކާ ގުޅިގެން އިރާގު ސަރުކާރުން ޓެލެގްރާމް މެސެޖިން އެޕްލިކޭޝަން ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.

ބަޣުދާދުގައި ހުންނަ އޭއެފްޕީގެ ނޫސްވެރިން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު އަނެއްކާވެސް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުން ނުކޮށް އެ ޕްލިކޭޝަނަށް ވަދެވޭނެ ކަމަށެވެ.
އިރާގުގެ ކޮމިއުނިކޭޝަން މިނިސްޓްރީން ހޮނިހިރު ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން ޓެލެގްރާމް ފްރީޒް ކުރުން އުވާލާނެ" ކަމަށެވެ.
ޓެލެގްރާމަކީ އިރާގުގައި ވަރަށް މަގުބޫލު އަދި ހާއްސަކޮށް ހަތިޔާރު އެޅި ފެކްޝަންތަކާއި އީރާނަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ޖަމާއަތްތަކުގެ ޕްރޮޕެގެންޑާ ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރާ އެޕްލިކޭޝަނެކެވެ.
އެޕް ސަސްޕެންޑް ކުރަމުން ސަރުކާރުން ބުނީ ގައުމީ ސަލާމަތާއި އިޖުތިމާއީ ހަމަޖެހުމަށް ނުރައްކާވާ ގޮތަށް ދައުލަތުގެ މުއައްސަސާތަކާއި ފަރުދުންގެ ޑޭޓާ ލީކުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ޓެލެގްރާމުން ތަކުރާރުކޮށް އެދުމުން ވެސް "ޖަވާބެއް ނުދޭ" ކަމަށެވެ.
އެ މިނިސްޓްރީން ނެރުނު އާ ބަޔާނެއްގައި ބުނީ އެ އެޕްލިކޭޝަންގެ މެނޭޖަރުން "ރައްޔިތުންގެ ޑޭޓާ ހާމަކުރި މީހުން ދެނެގަނެ، ކަމާ ބެހޭ ފަރާތްތަކާ މުއާމަލާތް ކުރުމުގެ ފުރިހަމަ ފުރުސަތު އޮތްކަން ހާމަކޮށް، ކަމާބެހޭ ފަރާތްތަކުގެ ޑިމާންޑްތަކަށް އިޖާބަ ދީފައިވާ" ކަމަށެވެ.
އިރާގުގައި ޓެލެގްރާމް ޗެނަލް ސަސްޕެންޑް ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެމުން އެ މިނިސްޓްރީން ބުނީ އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު ކަމެއް ނޫން ކަމަށެވެ.
އެތައް ޒަމާނެއް ވަންދެން ހިނގި ހަމަނުޖެހުންތަކަށް ފަހު، އިރާގުގައި ހަމަޖެހުން ގާއިމުވެފައިވީ ނަމަވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މިންވަރާ މެދު ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް 2023 ގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 180 ގައުމުގެ ތެރެއިން އެ ގައުމު އޮތީ 167 ވަނައިގަ އެވެ.
މީގެ ކުރިން ވެސް އެހެން ބައެއް ގައުމުތަކުގައި ޓެލެގްރާމް ވަނީ ބްލޮކްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ