Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިން ބެހުން

ބިންވެރިޔާ ސްކީމުގައި ދިރިއުޅުމުގެ ހާލަތަށް ނުބަލާ، ފުލެޓު ދޭން ބަލާނެ: ސަރުކާރު

ބިންވެރިޔާ އުސޫލުގެ ދަށުން ގޯތި ދިނުމުގައި ދިރިއުޅުމުގެ ފެންވަރަށް ނުބަލާ ކަމަށާއި، ގޯތި ދޫކުރުމުގައި ދިރިއުޅުމުގެ އުސޫލަށް ބަލަންނުޖެހޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން މިރޭ ހައުސިން މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ދިނުމުގެ ކުރިން ދިރިއުޅުމުގެ ހާލަތު ބަލަންދާން ނުޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމަކީ މުޅިން ތަފާތުކަމެއް ކަމުގައެވެ. އެގޮތުން ފުލެޓު ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމުގައިވީ ނަމަވެސް ދިރިއުޅުމުގެ ހާލަތު ބެލުމަކީ ބިންވެރިޔާގެ އުސޫލުގެ ދަށުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ގޯތި ކޮމިޓީގެ މެންބަރަކު ވިދާޅުވީ، ގޯތި ދޫކުރަނީ ބިމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށާއި، އެއްވެސް ރަށެއްގައި ގޯތި ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ނުބަލާ ކަމަށެވެ.

މިއަދު ސަރުކާރުން ހާމަކުރި ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން 18،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ލިބޭނެކަމަށެވެ. އެ ލިބޭ ފަރާތްތަކަށް ގޯތި ދޫކުރުމުގައި ގުޅިގެން ގޯއްޗަށް ކުރިމަތިލާ ފަރާތްތަަކަށް އިސްކަންދޭނެ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ހުޅުމާލެއާއި ގުޅިފަޅުން ގޯތި ލިބޭނެ ކަމަށާއި، ގޯތި ލިބޭނެ ސަރަހައްދެއް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށެވެ.

އަދި އަންގާރަދުވަހުން ފެށިގެން ގަލޮޅު ދަނޑުގައި ގުރުއަތުގެ ކަންކަން ކުރިއަށްގެންގޮސް މި ހަފުތާގައި އެ މަސައްކަތް ނިންމައިލަން ރާވާފައިވާކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. ދައުރު ނިމުމުގެ ކުރިން ހުރިހާ އެންމެނަށް ގޯތި ރަޖިސްޓަރީކޮށްދީ ލިޔުން ހަވާލުކުރާނެ ކަމުގައި ސަރުކާރުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ