މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މުޢިއްޒު އާ ބައްދަލުކޮށް ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވާފައިވާކަމަށެވެ.
އެކަން ފާހަގަކުރައްވާ ޑރ. އަލީ ޒާހިރު ވިދާޅުވީ ޑރ. މުއިއްޒާމެދު އިތުބާރު އޮތްކަމަށާއި އެއީ ގާބުލު ބޭފުޅެއްކަމަށެވެ.
އެގޮތުން ޑރ. މުއިއްޒަކީ ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއްކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް. މާތްﷲ އެ މަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވާށި."ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް
ޑރ. އަލީ ޒާހިރުގެ ތާއީދު މުއިއްޒަށް އޮތްކަމަށް ވިދާޅުވެފައިވާއިރު ރާއްޖޭޣެ ވަރަށް ގިނަ ދީނީ އަދި އިލްމީ ގާބިލް ބޭފުޅުން މުއިއްޒަށް ތާއީދު ކުރާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ފަރާތްތަކަކުން ބުނާގޮތުގައި މި އހަަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ޑރ، މުއިއްޒެވެ.