Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރާ ޕްރެޝަރަށް މިސުރުން ދެކޮޅުހަދައިފި

ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރާނެ ހަތިޔާރު ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށް އެމެރިކާއިންކުރަމުންދާ ޕްރެޝަރަށް މިރުސުރުން ރައްދުދީފިއެވެ.
މިސްރުގެ އޮފިޝަލުން ވަނީ ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ބައިވެރިނުވުމަށް ނިންމައި، ޑޮންބާސް ސަރަހައްދުގައި ރަޝިއާސިފައިންނާ ދެކޮޅަށް ކިއޭވް އިން ކުރާ މަސައްކަތަށް ބޭނުންވާ ބަރުހަތިޔާރާއި އެހެނިހެން ވަޞީލަތައް ފޯރުކޮށްދިނުމަށް އެމެރިކާއިން ފާއިތުވި މަސްތަކުގައި ތަކުރާރުކޮށް އެދުމުންވެސް އެކަމަށް ދެކޮޅު ހަދާފައެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ވޮޝިންޓަނުން މިސްރަށް އެންގީ ޔޫކްރެއިންއަށް އާޓިލަރީ އާއި އެންޓިޓޭންކް މިސައިލާއި ވައިގެ ދިފާއީ ނިޒާމުގެ އިތުރުން ކުދި ހަތިޔާރު ފޯރުކޮށްދިނުމަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ގާހިރާގައި މާޗް މަހު ބޭއްވި ބައްދަލުވުމުގައި މިކަމާމެދު ވަނީ މަޝްވަރާ ކޮށްފައެވެ.
"އެމެރިކާގެ އޮފިޝަލުންނާ އެކު ދެކެވުނު ވާހަކަތަކުގައި މިސްރުން އެ އެދުމަށް ޔަގީނުން ވެސް ދެކޮޅު ހަދާފައި ނުވި ނަމަވެސް މިސްރުގެ އޮފިޝަލުން ސިއްރުން ބުނެފައި ވަނީ ހަތިޔާރު ފޮނުވުމުގެ ވިސްނުމެއް މިސްރުގެ ނެތް ކަމަށް،" އެ ނޫހުގައި ވެ އެވެ.
އެ މެސެޖު ވޮޝިންޓަނަށް ނުލިބޭ ކަމަށް ބެލެވެ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މިސްރުން ޔޫކްރެއިންއަށް ތާއީދު ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، "ރުސާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިސްރުގެ ބައިވެރިންނާއެކު ދެޤައުމުގެ މަސްލަހަތާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކަކީ އުފެއްދުންތެރި އަދި ހިނގަމުންދާ މަޝްވަރާތަކެއް" ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ގާހިރާއިން ވަނީ ރަޝިއާއަށް ރޮކެޓް ވިއްކަން ރާވާފައިވާ ކަމަށް ބުނެ އެމެރިކާގެ ތުހުމަތުތަކެއް ވަނީ މިސުރަށް ކޮށްފަ އެވެ. ޔޫކްރެއިންގެ މައްސަލައިގެ ތެރޭގައި ވޮޝިންޓަނާއި މޮސްކޯއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން މިސުރުގެ ރައީސް އަލް ސީސީ މަސައްކަތް ކުރައްވާފައިވާއިރު، ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށް ދިނުމަށާއި ރަޝިއާއަށް އަދަބު ދިނުމަށް އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނުގައި ބައިވެރިވުމަށް އޭނާ ގެންދަވަނީ ދެކޮޅު ހައްދަވަމުން ނެވެ.
ވޯލްސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ)އިން ބުނީ މި މަސައްކަތުގައި މިސްރު ބައުވެރު ކުރުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނީ ހަނގުރާމައިގެ "ނާޒުކު ދަނޑިވަޅެއްގައި" ކަމަށާއި، އެމެރިކާއިން ކިއޭވްއަށް އަސްކަރީ އަދި ޑިޕްލޮމެޓިކް ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ރަޝިޔާގެ ވަރުގަދަ ޑިފެންސިވް ލައިންތައް ހުރަސްކުރުމަށް ޔޫކްރެއިންގެ ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލްސީސީ މިގޮތަށް ނިންމަވާފައި މިވަނީ މިސްރަށް އަހަރަކު ދޭން ނިންމާފައިވާ 1.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ތެރެއިން 320 މިލިއަން ޑޮލަރު ހިފެހެއްޓުމަށް ކޮންގްރެސްގެ ބައެއް މެންބަރުން ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މި ލިއުމާއި ގުޅޭ