Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ ހިދުމަތްތަކަށް އީފާސް ބޭނުންކުރެވޭ ގޮތް ހަދައިފި

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓްކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި އީފާސް އިންޓަގްރޭޓް ކުރުމަކީ ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެއެވެ.
އީފާސް ބޭނުންކުރުމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ޙިދުމަތައް އެދިލެވޭނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކުރައްވައިގެން ކަސްޓަމަރުންނަށް އުރީދޫ ގެ ހުރިހާ ޙިދުމަތަކަށްވެސް އެދިލެއްވޭނެއެވެ.

"ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާ ތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ޓެކްނޮލޮީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ޑިޖިޓަލް އައިޑެންޓިޓީ އީފާސް ބަލައިގަންނަން ފެށުމަކީ އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރަން އެ ކުންފުނިން ސަރުކާރާ އެކު ފެށި މުހިއްމު މަސައްކަތެއް ކަމަށެވެ.
މި ސްޓްރެޓެޖިކް އިންޓަގްރޭޝަނާއެކު، ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ ފަދަ ރައްކާތެރި އަދި މެދުކެނޑުމެއް ނެތް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދެއެވެ. ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓފޯމް އީފާސް އަކީ ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ފުރުޞަތުތަކުގެ ދުނިޔެ އިތުރަށް ހުޅުވައިލަދީ ފަރުދުންނަށް އެކި އެކި ޙިދުމަތްތައް ލިބުގަތުމުގައި އިތުރު ފަސޭހަތައް ފަހިކޮށްދޭނެ ޕްލެޓްފޯމެކެވެ.
މި ލިއުމާއި ގުޅޭ