Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓައިކުވެންޑޯ

ދިވެހިރާއްޖޭގެ ޓެކްވޮންޑޯ ޓީމް ޓްރެއިނިން ކޭމްޕްއަކަށް ފުރައިފި

10 އޯގަސްޓް 2023 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޓެކްވޮންޑޯ ޓީމް މެލޭޝިއާއަށް ފުރާފައި މިވަނީ އޮގަސްޓް 23 ގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށް އިތުރަށް ތަމްރީން ވުމުގެ ގޮތުންނެވެ.
މިއަހަރަކީ ދިވެހިރާއްޖޭގެ ފަރާތުން މާޝަލް އާރޓެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ފަހަރެވެ. މިގޮތުން މޯލްޑިވްސް ޓެކްވޮންޑޯ އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި މި ގޭމްސްގައި ބައިވެރިވުމަށް މީގެ 2 އަހަރު ކުރިން ފެށިގެން އަންނަނީ ކުދިން ތަމްރީނު ކުރަމުންނެވެ. އަދި މިއަދު މި ފުރި ކޭމްޕްއަކީ އެންމެ ފަހުގެ ތައްޔާރީތައް އަދި ކުދިންގެ ލެވެލް އެހެން ގައުމެއްގައި ޓެސްޓްކޮށްލުމުގެ ގޮތުން ގެންދެވޭ ޓްރައިލް އެކެވެ.

މި ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2023 ވަނަ ދުވަހުއެވެ. އަދި 23 އޮގަސްޓްގައި މަޑަގަސްކަރައިގައި އޮންނަ ގޭމްސްގައި ބައިވެރިވުމަށް ފުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓެކްވޮންޑޯއިން މައުލޫމާތު ދެއެވެ.

ޓެކްވޮންޑޯ އަކީ މިހާރު ރާއްޖޭގައި މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. މިގޮތުން ހާއްސަކޮށް ޓެކްވޮންޑޯ ދަސްކުރަމުންދާ ކުޑަކުދިންގެ އަދަދު ވަރަށް ގިނައެވެ.

މި ލިއުމާއި ގުޅޭ