Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު!

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އައި 12 އަހަރުގެ ދިވެހި އަންހެން ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިފައިވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެކުއްޖާ ފެނިފައިވަނީ މިއަދު މެންދުރު ފަހު 1:44 އެހައިކަންހާއިރު މާލެއިންނެވެ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައީ އައިޝާ ބިން މަހްމޫދު ރިޔާޒްއެވެ.

އެ ކުއްޖާގެ އާއިލާއިން މީގެކުރިން "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި އައިޝާ ހޯދަން ފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އެމީހުން ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެންނެވެ.

އެހެންވެ އާއިލާއިން ހޯދަން މަސައްކަތް ކުރުމަށްފަހު ނުފެނުމުން ރޭ ދަންވަރު 12 ޖަހާކަށް ހާއިރު އެ މައްސަލަ ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ.

"ހަމަ ހުރިހާ ކަމެއް އެނގޭ ވަރުގެ، އަޅުގަނޑުމެންނަށް ޓްރަސްޓް ކުރެވޭ ކުއްޖެއް އެއީ. ރަށްޓެހިންނެއް ވެސް ނޫޅޭނެ، ދާނެ ތަނެއްވެސް ނުހުންނާނެ އެހެންވީމަ. އެކަމަކު އިއްޔެ ގެއިން ނުކުމެގެން ދިޔަ ގޮތަށް ނުފެނިގެން ރިޕޯޓުކުރީ،" އާއިލާއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ