Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިކުއެޑޯ

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓް ފެނާންޑޯ ވިލާވިސެންސިއޯ ބަޑިޖަހައި މަރާލައިފި

އިކުއެޑޯގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައި ކެންޑިޑޭޓަކު ބަޑިޖަހައި މަރާލައިފި އެވެ.
އެ ގައުމުގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ފެނާންޑޯ ވިލާވިސެންސިއޯ އަށް ހަމަލާ ދީފައި ވަނީ މިދިޔަ ބުދަ ދުވަހު އުތުރުގެ ސިޓީއެއް ކަމަށްވާ ކުއިޓޯގައި ބޭއްވި ހަރަކާތުން ނުކުމެވަޑައިގަތުމުންނެވެ.
އޭނާގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލާވިސެންސިއޯ ކާރަކަށް އަރައިވަޑައިގަންނަވަނިކޮށް މީހަކު ކުރިއަށް ޖެހި އޭނާގެ ބޮލަށް ބަޑި ޖަހާފައިވާ ކަމަށެވެ.
މިހާރުގެ ރައީސް ގުއިލެރްމޯ ލާސޯ ވަނީ "ކުށަށް އަދަބު ނުލިބި ނުދާނެ" ކަމަށް ވިދާޅުވެފަ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވިލާވިސެންސިއޯ، 59، އަށް ތިން ފަހަރެއްގެ މަތިން ބަޑި ޖަހާފައިވެ އެވެ.
އެ ގައުމުގެ ބަންޑާރަ ނައިބު ސޯޝަލް މީޑިއާގައި ވިދާޅުވީ، ސެކިއުރިޓީއާ އެކު ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް، ހަމަލާދިން މީހާ ވެސް މަރުވެފައިވާ ކަމަށެވެ.
އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާ މިހާރުގެ ރައީސް ލާސޯ ވިދާޅުވީ އެ މަރާ ގުޅިގެން ވަރަށް ބޮޑަށް ރުޅިގަދަވެ ހައިރާންވާ ކަމަށާއި އޯގަނައިޒްޑް ކްރައިމް ވަރަށް ދުރަށް ގޮސްފައިވާ ކަމަށާއި ނަމަވެސް ގާނޫނުގެ ފުރިހަމަ ބާރު އެ މީހުންގެ މައްޗަށް ފޯރާނެ ކަމަށެވެ.
އިކުއެޑޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް އިތުރުވަމުންދާއިރު، އިންތިޚާބާ ދިމާކޮށް ހަރުކަށި ކުށްތައް އިތުރުވުމަކީ މިއަހަރުގެ ރިޔާސީ ކެމްޕޭނަށް ދިމާވެފައިވާ މައިގަނޑު މައްސަލައެކެވެ.
އޮގަނައިޒްޑް ކްރައިމްއާ ގުޅުން ހުރި އެތައް ބަޔަކު މަރާލުމާ ގުޅިގެން މިދިޔަ މަހު ލާސޯ ވަނީ ތިން ޕްރޮވިންސެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރޭގަނޑު ކާފިއު އިއުލާނުކޮށްފަ އެވެ.
ވިލާވިސެންސިއޯ އަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ އަށް ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް އެންމެ ކުރީގައި ހުންނެވި ބޭފުޅެއް ނޫނެވެ.
މި ލިއުމާއި ގުޅޭ