ތުރުކީގެ ދެ ބޯޑަރު ހުރަސްކޮށްގެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ އަށް ދީފައިވާ ހުއްދަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ބާބް އަލް ސަލާމާއި އަލް ރާއީ ބޯޑަރު ކްރޮސިންގެ ބޭނުން ހިފުމުގެ ހުއްދަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ސީރިއާ ސަރުކާރުން އިތުރުކުރުމުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" އެރީ ކަނެކޯ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ސީރިއާއިން ވަނީ ތުރުކީން އެ ދެ ބޯޑަރު ކްރޮސިން ބޭނުންކޮށްގެން އެހީ ފޮނުވުމުގެ ހުއްދަ އދ އަށް ދީފަ އެވެ. އެ ހުއްދަ އިގެ މުއްދަތު ހަމަވާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ އޮތޮރައިޒޭޝަންއާއެކު 2014 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ހުޅަނގު އުތުރުގެ އެތައް މިލިއަން ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި ތުރުކީގެ ބާބް އަލް ހައްވާ ކްރޮސިންވެސް ޖުލައި މަހުގެ މެދުތެރޭގައި މުއްދަތު ހަމަވީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ޖަމިއްޔާއަށް އެ މުއްދަތު އިތުރުކުރަން އެއްބަސްވުމަކަށް ނާދެވުމުންނެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސޫރިޔާ ސަރުކާރުން ބުނީ އދ އިން ބާބް އަލް ހަވާ ކްރޮސިން ބޭނުން ކުރުން އިތުރު ހަ މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް އެ އެހީގެ ޑެލިވަރީތައް އަދި ވެސް ނުފެށެނީ އދ.ގެ ގަބޫލު ނުކުރެވޭ ދެ ހާލަތަކާ މެދު ކަންބޮޑުވުން ތަކެއް ހުރުމުން ކަމަށެވެ.
އެކަމަކު ބާބް އަލްސަލާމާއި އަލް ރާއި ބޯޑަރު ހުރަސްކުރުން އދ އިން ބޭނުން ކުރުމުގައި އެފަދަ ޝަރުތުތަކެއް ކަނޑައަޅާފައެއް ނުވެ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުން ފިލައިގެން ދިޔަ ސޫރިޔާގެ ރައްޔިތުން ބިރުގަންނަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ އެންމެ ފަހުގެ އެންމެ ބޮޑު ބާރު ކަމަށްވާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހުޅަނގު އުތުރުގެ ސަރަހައްދަށް އދ.ގެ އެހީގެ ބާރު ގަދަކުރުމަށް ދިމިޝްގުން މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައެވެ.
ޑިމޮކްރަސީއަށް ތާއީދުކުރާ ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަސަދު 2011 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ދާހިލީ ހަނގުރާމައެއް ހިނގިއިރު، މޮސްކޯއިން އަސަދަށް ތާއީދުކޮށް ވޮޝިންޓަނުން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރެއެވެ.
އެތައް މިލިއަން ބަޔަކު ސީރިއާ ދޫކޮށް ހިޖުރަކުރީ އެތެރޭގެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިގެންނެވެ. އޭގެ ފަހުން ސޫރިޔާގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަސަދުގެ ބާރުގެ ދަށަށް ގެނައުމާއެކު ކުރިމަތިލުންތައް ވަނީ މަޑުޖެހިފައެވެ.