Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ކޮރަޕްޝަން ހިންގުމަކީ މޮޅު ކަމެއްނަމަ، މީ އެންމެ މޮޅު ސަރުކާރު: އުޝާމް

ކޮރަޕްޝަން ހިންގުމަކީ މޮޅު ކަމަކަށް ވާނަމަ، މި ސަރުކާރު ވަރުގެ މޮޅު ސަރުކާރެއް އަދި ރާއްޖޭގެ ވެރިކަން ނުކުރާ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭނާ މި މޭރުމުން ވާހަކަދެއްކެވީ މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާތީ އެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި އުޝާމް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުންޏަކަށް ބަލައިލިޔަސް ކަންކަން އޮތީ އެގޮތަށް ކަމަށާއި އެކަހަލަ ކަންކަން ދިމާވަނީ ވެރިކަން ހިންގަން ތިބޭ މީހުންގެ ނަޒާހާތްތެރިކަމެއް، ތެދުވެރިކަމެއް ނެތުމުން ކަމަށެވެ.
"މާދަމާ ރައީސް ސޯލިހު ވިދާޅުވާނެ ފެނަކަ ސައީދު ވަރުގެ މޮޅު މީހަކު ނެތޭ. ވައްކަން ކުރުމާ ކޮރަޕްޝަން ހިންގުމަކީ މޮޅު ކަމަކަށް ވާނަމަ މި ސަރުކާރު ވަރުގެ މޮޅު ސަރުކާރެއް އަދި މި ރާއްޖޭގައި ވެރިކަމެއް ނުކުރޭ،" އުޝާމް ވިދާޅުވި އެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އެމީހުންގެ ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މައްސަލާގައި ތުހުމަތުވާ މީހުންނަކީ މުޖުތަމައަށް ނުރައްކާވާ ބައެއް ކަމަށާއި އެހެންވެ އެ މީހުން ބަންދުގައި ބޭތިއްބުމުގެ މުހިންމު ކަން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރި އިރު، އެމީހުން ތިބީ ފެނަކައިގެ ވަޒީފާ އެވެ.
މި ލިއުމާއި ގުޅޭ