Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

އީސީ މިނިވަންކަމާއެކު ފަންކްޝަން ކުރުމުގެ ފުރުސަތެއް ނެތް: އުޝާމް

އަންނަ މަހު ރިޔާސީ އިންތިހާބު އޮތް އިރު، އިލެކްޝަންސް ކޮމިޝަން (އީސީ) މިނިވަންކަމާއެކު ފަންކްޝަން ކޮށް ހިންގުމުގެ ފުރުސަތު މި ސަރުކާރުގައި ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އުޝާމް ވިދާޅުވީ މިއަދު ޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް އަދި މަޖިލީހަށް ބެލިހަސް ފެނިގެންދަނީ ގައުމު ފެއިލްވެފައި އޮތް މިނަވްރު ކަމަށެވެ.
ސަރުކާރުން ދަނީ ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުކޮށް ދައުލަތުގެ އެހެން ބާރުތަކަށް ނުފޫޒު ފޯރުވަމުން ކަމަށް އުޝާމް ވިދާޅުވި އެވެ.
"މަޖިލިސް އެއްވެސް ގޮތަކަށް ފަންކްޝަނެއް ނުކުރޭ. ރައްޔިތުންގެ މަޖިލިސް މިއޮތީ ޕާޓީއެއްގެ އެތެރޭގައި ހިނގާދިޔަ ކަންކަމާ ގުޅިގެން އެއްކޮށް ފަންކްޝަން ނުކުރެވޭ ހިސާބަށް ގޮސްފަ. އެހެންވެ ޗެކް އެންޑް ބެލެންސް ނިޒާމު ފަންކްޝަނެއް ނުކުރޭ،" އުޝާމް ވިދާޅުވި އެވެ.
މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތުމުން ސަރުކާރުން ކުރާ ކަންކަމާއި މިނިވަން މުއްސަސާތަކުގެ ކަންކަން މަޖިލީހުން ބަލައި ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.
"ސަރުކާރުން އޮތީ މިނިވަން މުއްސަސާތަކަށް ނުފޫޒު ފޯރުވާފަ. އާއިލާ މީހުން މަގާމުތަކަށް ލައި ފުރާލާފަ. އޭސީސީ އިލެކްޝަންސް ކޮމިޝަން ކަހަލަ ތަންތަން މިނިވަންކަމާއެކީ ފަންކްޝަން ކުރުމުގެ ފުރުސަތެއް މިއަދަކު ނެެތް،" އުޝާމް ވިދާޅުވި އެވެ.
ޖުޑިޝަރީގެ ހާލަތަށް ބަލައިލާއިރު ސިޔާސީ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފި ކަމުގައި ވަނީނަމަ ކޮންމެވެސް އެއްބަޔަކަށް އެއީ ހަރާމް ހުކުމަކަށް ވާ ކަމަށާއި އެގޮތަށް އެކަން ވަނީ ސަރުކާރާއި ސިޔާސީ މީހުންނަށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވޭ ގޮތަށް ކަންކަން އޮތުމުން އުޝާމް ވިދާޅުވި އެވެ.
އެގޮތުން މި ސަރުކާރުން ޖޭއެސްސީ މިނިވަންކުރަން ވައުދުވީ ނަމަވެސް ފަސް އަހަރު ނިމެންދާއިރު މިހާތަނަށް އެ ވައުދު ނުފުއްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބިލު މަޖިލީހަށް ހުށަހަޅާފައި އޮތްކަމަށް ބުނި ނަމަވެސް އެ ބިލު ބެލުމުން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން އުޝާމް ވިދާޅުވި ގޮތުގައި އެނގެ އެވެ. އެއީ އަނެއްކާވެސް ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭ ގިތަށް އެކުލަވާލަން އެ ބިލުގައި އޮތުމުންނެވެ.
މި ލިއުމާއި ގުޅޭ