Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ލިވިން އެކްސްޕޯ2023: ބީއެމްއެލް އިސްލާމިކް, ހައުސިންގ ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކްހައުސިން ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 ގައެވެ. ލިވިންގ އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފައިވާއިރު، މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މިވަނީ ފައިނޭންސިންގ އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައެވެ.

މި ލިއުމާއި ގުޅޭ