Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަރަށް ބޮޑަށް މަދުވެއްޖެ

ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ހުރި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ފާއިތުވި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 594 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 125 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނު އިރު ބޭނުން ކުރެވޭ ގޮތަށް ހުރީ 168 މިލިއަން ޑޮލަރެވެ. އެހެން ކަމުން 1 މަސް ތެރޭގައި ރިޒާވުން މިވަނީ 43 މިލިއަން ޑޮލަރު މަދުވެފައެވެ.

ޖުލައި މަހަކީ މި އަހަރު ފެށުނު ފަހުން ޖުމްލަ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވްވެސް އެންމެ ދަށަށް ދިޔަ ފަހަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް ރިޒާވް މިހާ ދަށެއް ނޫނެވެ.

2022 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު ޖުމްލަ ރިޒާވްގައި 728 މިލިއަން ޑޮލަރު ހުއްޓެވެ. އަދި އޭގެ ތެރެއިން 282 މިލިއަން ޑޮލަރު ހުރީ ބޭނުން ކުރެވޭ ގޮތަށެވެ.

ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.
މި ލިއުމާއި ގުޅޭ