Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

ޒާތީ މައުލޫމާތު ވަގަށް ނަގާ ކަމަށް ބުނެ އިރާގުން ޓެލެގްރާމް އެޕް ބްލޮކްކޮށްފި

ބަޣުދާދު (އޮގަސްޓް 8) - ޒާތީ މައުލޫމާތު ވަގަށް ނަގާ ކަމަށް ތުހުމަތު ކޮށް އިރާގުން ޓެލެގްރާމް އެޕްލިކޭޝަން ބްލޮކްކޮށްފިއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެލެގްރާމް މެސެޖިން އެޕް ބްލޮކް ކުރީ ގައުމީ ސަލާމަތާ ގުޅޭ ގޮތުންނާއި ބޭނުންކުރާ މީހުންގެ ޕާސަނަލް ޑޭޓާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކަމަށް އިރާގުގެ ޓެލެކޮމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި އެޕްލިކޭޝަނަކީ އިރާގުގައި މެސެޖް ކުރުމުގެ އިތުރުން ޚަބަރު ތައް ގެނެސްދޭ ވަސީލަތެއްގެ ގޮތުގައި އަދި ކޮންޓެންޓް ޝެއާ ކުރުމަށް ވެސް ބޭނުންކުރާ އެޕްލިކޭޝަނެކެވެ.
ބައެއް ޗެނަލްތަކުގައި އިރާގުގެ މީހުންގެ ނަމާއި އެޑްރެސް އަދި އާއިލީ ގުޅުންތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ޕާސަނަލް ޑޭޓާ ހިމެނެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ރަސްމީ މުއައްސަސާތަކުގެ ޑޭޓާ ލީކުވާ ޕްލެޓްފޯމްތަކާއި ރައްޔިތުންގެ ޕާސަނަލް ޑޭޓާ ލީކްކުރާ ޕްލެޓްފޯމްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ އެކަމާބެހޭގޮތުން ޓެލެގްރާމް އާއި ވާހަކަ ދެއްކި ކަމުގައިވިޔަސް އެ ކުންފުނިން ޖަވާބެއް ނުދޭ ކަމަށާއި، މިއިން އެއްވެސް ކަމަކާ މުއާމަލާތެއް ނުކުރާކަމަށެވެ.
ދައުލަތާއި މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫނާރާ، ހިޔާލު ފާޅުކުރުމާއި މުވާސަލާތީ މިނިވަންކަމުގެ ހައްގުތަކަށް އަދި ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރާކަން ކޮމިއުނިކޭޝަން މިނިސްޓްރީން ކަށަވަރުކޮށްދޭ އެއްވެސް އެޕްލިކޭޝަނެއް ބަންދު ނުކުރާނެކަމަށްވެސް އިރާގުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޓެލެގްރާމުގެ ރަސްމީ ބަހެއް އަދި މިހާތަނަށް ބުނެފައިވާކަމެއް އެނގިފައެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ