Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ބަޔާން

ފަސް ވަޒީރުންގެ މާލީ ބަޔާން އަދިވެސް އާންމު ނުކުރޭ

ސަރުކާރު ކެބިނެޓުގެ ފަސް ވަޒީރެއްގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުން އަދިވެސް ފެންނާކަށް ނެތެވެ.
ރައީސް އޮފީހުގެ ވެބަސިޓުން ފެންނަން ނެތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމްގެ މާލީ ބަޔާނެވެ.
އެ ވަޒީރުންގެ މާލީ ބަޔާން މިދިޔަ އޭޕްރީލް މަހުން ފެށިގެން ރައީސް އޮފީހު ވެބްސައިޓުގައި އާންމުކޮށްފައެއްނުވެ އެވެ.
ރައީސުލްޖުމުހުރިއްޔާ އާއި ވަޒީރުންގެ މާލީ ބަޔާން ރައީސް އޮފީހުން އާއްމުކުރި ނަމަވެސް ރާއްޖޭގައި އެ މާލީ ބަޔާންތަކުގެ ސައްހަކަން ކަޝަވަރުކުރެވޭގޮތެއް ނޯވެއެވެ. ބޭރުގައުމުތަކުގައި ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާން ތައްޔާރުކުރަނީ މިނިވަން އޮޑިޓް ފާމްތަކުންކަމުގައި ވާތީ އެ ގައުމުތަކުގެ ވެރިންގެ މާލީ ބަޔާނުގެ ސައްހަކަން ރައްޔިތުންނަށް ކަށަވަރުކުރެވެއެވެ.
ނަމަވެސް ރާއްޖޭގައި ރައީސް އޮފީހުގެ ވެބްސައިޓުން އާއްމުކުރާ މާލީ ބަޔާންތަކަކީ ސަރުކާރުން ތައްޔާރުކޮށް ބޭނުން ބަދަލުތަކެއް ގެނެވޭ ބަޔާންތަކެއް ކަމުން އެ ބަޔާންތަކުގެ ސައްހަކަމާއި މެދު އާއްމުން ސުވާލު އުފައްދައެވެ.
މި ލިއުމާއި ގުޅޭ