Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

ރައީސް ޔާމީންގެ ކެންޑިޑޭސީގެ މައްސަލަ: ސްޕްރީމް ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވުން!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމެއް އިއްވާފައިވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާކަމަށް ދެކެވަޑައިގަންނަވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔާގައި ބަޔާންކުރައްވައި, އެކަމަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަނީ ތާއީދުކުރައްވާފައެވެ.

މިކަމާއި ގުޅިގެން ޑރ. އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް 2019 ގައި ގެނެވުނު ޢައިރު ދުސްތޫރީ އިސްލާހުތަކުގެ ޒަރީއާއިން އަދްލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ އިދާރީ ބާރުތަކާއި ސްޕަރވައިޒަރީ ބާރުތައް ޖޭއެސްސީއަށް ތަހުވީލުކޮށްފައިވާކަށެވެ.
އަދި އެކަމުގެ ނަތީޖާއަކީ އަދްލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަން ނިގުޅައިގަތުން ކަމަށްވެސް ޑރ. އަހްމަދު އަބްދުﷲ ވިދާޅުވެފައިވެއެވެ.

ޑރ. އަހްމަދު އިތުރަށް ވިދާޅުވީ ފަސޭހައިން ނުފޫޒު ފޯރުވޭގޮތަށް ބައްޓަން ކުރެވިފައިވާ ޤަޟާއީ ނިޒާމަކުން އެނޫންގޮތަކަށް އެފަދަ މައްސަލައެއްގައި ޙުކުމް އަތުވެދާނެކަމަށް ތަޞައްވުރުކުރުމަކީ ޤާއިމުވެ ހިނގަމުންދާ ޑިފެކްޓޯ އިންސްޓިޓިއުޝަން މަސައްކަތްކުރާ ގޮތުގެ ތޮބީއަތް ފަހްމު ނުވުންކަމަށެވެ.

މި ލިއުމާއި ގުޅޭ