Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މިރެއާއި މާދަމާ ވެސް އުދައަރާފާނެތީ ރައްކާތެރިވާން އިލްތިމާސްކޮށްފި

ރާއްޖޭގެ ބައެއް ހިސާބުތަކަށް މިރެ އާއި މާދަމާ ވެސް އުދައަރާފާނެތީ ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެގޮތުން އުދައަރާފާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ދެކުނަށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު އެންޑީއެމްއޭ އިން އެލާޓު ނެރެފައިވަނިކޮށް މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ރާޅުއަރައި ވަނީ ގެއްލުން ލިބިފަ އެވެ.

މިރެއާ މާދަމާވެސް އިތުރަށް އުދަ އަރާފާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައި ވާތީ އެންޑީއެމްއޭ ވަނީ ރައްކާތެރިވުމަށް އެދިފަ އެވެ. އަދި އުދައިން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިރުޝާދު ވެސް އެންޑީއެމްއޭ އިން ދީފައިވެ އެވެ.

އުދައިގެ ސަބަބުން މުދަލަށާއި ގެދޮރަށް ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް:

  • - ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. އެގޮތުން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން.
  • - ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ލިބިދާނެ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެން ނުޖެހޭ ފަދަ ތަނަކަށް ބަދަލު ކުރުން.
  • - ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން.
  • - ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އައްސާފައި ބެހެއްޓުން.
  • - ބްރިޖުން ދަތުރުކުރާ މީހުން، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަތުރުކުރާއިރު ސަމާލުވުން.
  • - ކުރިމަތިވެދާނެ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން.

މިއަދު މެންދުރު ފަހު މާލޭ އިރުމަތީ ފަރާތުން އުދަ އަރައި ހެންވޭރު ސަރަހައްދަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. މީގެ އިތުރުން ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް އެރި ބޮޑު ރާޅަކާ އެކު، އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ސައިކަލުތަކެއް ވަނީ ކަހާލައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލިއުމާއި ގުޅޭ