މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ރަނިންމޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފިއެވެ.
ނާޒިމުގެ ރަނިން މޭޓް އިއުލާނުކުރުން އޮންނާނީ ބިލަބޮންގް ސްކޫލުގައި މިރޭ އެކަމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއްގައެވެ.
ނާޒިމުގެ ރަނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަވަން ނިންމަވާފައިވާއިރު އަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ.
އޭނާ ވަނީ ސްކޫލު މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހައްދަވާފައިވާއެވެ.
މީގެއިތުރުން އަދީލް ވަނީ އައްޑޫގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާއިރު އައްޑޫ އިސްލާމިއްޔާ ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.