Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

ވައްޑެގެ ހޫނު ބަހުގެ ހަމަލާއެއް މޫސައަށް!

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް އިބްރާހީމުގެ އެކުވެރިޔާ ރީކޯ މޫސާމަނިކަށް ހޫނު ބަހުގެ ހަމަލާއެއް ފޮނުއްވައިފިއެވެ.

މެންބަރު ވަހީދު ރީކޯ މޫސާއަށް ބަހުގެ ހަމަލާއެއް ފޮނުއްވާފައި މިވަނީ ރައީސް އިބްރާހިމް ރަށްރަކަށް ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި ހަރުގެ ތަކުގައި މީހުން މަދު ސަބަބާއި ގުޅިގެން ރީކޯ ދައްކަވާފައިވާ ވާހަކައާ ގުޅިގެންނެވެ.

ރީކޯ ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް ސަލާންކޮށްފައި ހަރުގެއަށް ދާއިރު މީހުން މަދުކަމަށް ބުނާއިރު ސަލާންކުރަން ތިބި މީހުން ތިބީ ރައީސް އިބްރާހިމްއަށް ސަލާމް ކުރުމަށްޓަކައި ގޭގައި ކުޑަކުދިން ބައިތިއްބާފައި، ބަތް ތަވާ އުނދުން މައްޗަށް އުދާފައި އަދި ކެމްޕެއިން ޓީމަށް ދޭންވާ ބޮނޑިބަތާއި ދެން ހުރި ސާމާނެއް އުނދުން މައްޗަށް އުދާފައި ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް ވަޑައިގަތުމުން ރަށުތެރެއިން ނުކުންނާނެ މީހަކު ނުވަނީ ކަމަށާއި ރަށްރަށުން މަޖުބޫރުކޮށްގެން ސަފުހަދަން ގެންދާ މީހުންތައް، އަނދިރިޖެހުމާއެކު ފުރީމާ، ދެން އެފެންނަނީ އަސްލު އޮތްގޮތް ކަމަށެވެ.

ވައްޑެ އިތުރަށް ވަނީ ކުރީގެ ރައީސް ވަހީދުގެ އިރުގައިވެސް ހެދި ސަފުތަކުގެ ދިގުމިނާ، ލިބުނު ވޯޓުގެ އަދަދު ވަރަށް ތަފާތު ނޫންތޯ ސުވާލު ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ