މިއަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި އަދަދުގެ ތެރެއިން އަދި މިހާތަނަށް ލިބިފައިވަނީ އެންމެ 10 އިންސައްތައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 27 ޖުލައިގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 251.6 މިލިއަން ރުފިޔާއެވެ. މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަދި ލިބިފައިމިވަނީ އެ އަދަދުގެ 10 އިންސައްތައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 472 މިލިއަން ރުފިޔާ ލިބުނެވެ.
ފާއިތުވި އަހަރުތަކުގައިވެސް އަންދާޒާކުރި ވަރަށް ހިލޭ އެހީ ނުލިބޭއިރު، މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމެނުމުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ވަނީ އެ އަދަދު ލިބިދާނެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ސަރުކާރުން ބަޖެޓުގެ ދަރަނި އަންދާޒާކުރަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ އުނިކުރުމަށްފަހު އެވެ. އެހެންވެ، ހިލޭ އެހީ އެވަރަށް ނުލިބި، ހަރަދު ވެސް އިތުރުވުމުން އަންދާޒާކުރާ މިންވަރަށްވުރެ ބަޖެޓުގެ ދަރަނި އަބަދުވެސް ބޮޑުވެ އެވެ.