Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ރޮޒައިނާ އާދަމް

މަސްތުވާތަކެއްޗާއެކު ކޮއްކޮ ހައްޔަރުކުރި ވާހަކަ ލިޔުމުން ރޮޒައިނާއަށް ހަޖަމެއް ނުވި

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް ބޮޑުދައިތަ ކިޔާ، މުހައްމަދު ނަބީހު އާމިރު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ވާހަކަ ރިޕޯޓު ކުރުމުން ނުރުހުން ފާޅުކުރައްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭ މަގުމަތިން މަސްތުވާތަކެއްޗާއެކު ނަބީހް ހައްޔަރުކުރުމަށްފަހު އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ނަބީހް ހައްޔަރުކުރި ވާހަކައާއި ދޫކޮށްލި ވާހަކަ ވެސް "ދިޔަރެސް" ނޫރުހުން ރިޕޯޓުކުރި އެވެ.
އެ ހަބަރު ރިޕޯޓުކުރީ އާންމުކޮށް ވެސް ގިނަ ބަޔަކު ދަންނަ ޕަބްލިކް ފިގާއަކާ ގުޅުންހުރި މީހަކު ކުށެއް ކުރުމުން ރިޕޯޓު ކުރާ ގޮތަށް، ރޮޒައިނާގެ ކޮއްކޮއެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ކަމަށެވެ.
އެގޮތަށް ރިޕޯޓް ކުރުމުން ކޯފާވެ ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ ދިޔަރެސް ނޫހަކީ މީހުންގެ އަބުރު ކަތިލާ މާސްޓާ ޕީސްއަކަށް ވެއްޖެ ކަމަށެވެ.
"ޅުގަނޑުގެ ތިމާގެ މީހަކު މަސްތުވާތަކެތި ބޭނުން ކުރިޔަސް ވިއްކިޔަސް އަޅުގަނޑު ޒިންމާވާން ޖެހޭތޯ. ތިކުއްޖާ ހިއްޔަރު ކުރިކަން ވެސް އަޅުގަނޑަށް އެނގުނީ ތި ނޫހުން. ދޫކުރިކަން ވެސް އެނގުނީ ތި ނޫހުން،" ރޮޒައިނާ ވިދާޅުވި އެވެ.
"އަބަދު ރޮޒައިނާ ކޮއްކޮ، ރޮޒައިނާ ބޭބެ، ރޮޒައިނާ ފިރިމީހާ. މީކިހާ ވަރުގަދަ ކަމެއް! އަޅުގަނޑަކަށް ދުނިޔޭގެ އުޅޭހާ ބަޔަކު ކުރާ ކަންކަމުގެ ޒިންމާއެއް ނުނެގޭނެ. އަދި ހައްޔަރު ކުރި މީހަކު ހައްޔަރު ނުކުރާކަށް ވެސް ދޫކުރާކަކަށްވެސް ނުބުނަން އަދި ނުވެސް ބުނާނަން."
ޑްރަގް ނަގައި، ޑްރަގް ވިއްކަނީ ހައްޔަރުކޮށް ޖަލަށް ލާނެކަން ވެސް އެނގިތިބެ ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންގެ ދިފާއުގައި ތަންތަނަށް ގުޅައި ނުހަދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށެއް ކޮށްފައި އޭނާ ކައިރިން އެހީއަށް އެދެން މީހުންނަށް ނުވެސް ކެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޯޓުން ނަބީހް ދޫކޮށްލާފައިވަނީ، ފުލުހުން ހުށަހެޅި ކަންކަމަށް ބަލާއިރު އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތަކަށް ނުބެލެވޭތީ ކަމަށް ބުނެއެވެ. އަދި އޭނާގެ މަސްތުވާތަކެތީގެ މައްސަލައެއް 2017 ވަނަ އަހަރުވެސް ފެންމަތިވިނަމަވެސް، އެފަހުން އޭނާ ފަރުވާ ޕްރޮގްރާމެއް ފުރިހަމަ ކުރި ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
އާންމު ގޮތެއްގައި މަސްތުވާތަކެއްޗާއި އެކު އަތުލައިގަންނަ ފަރާތްތައް ޓްރެފިކިން ދައުވާއިން ސަލާމަތްވުމަށް، އެމީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމަށާއި ފަރުވާ ހޯދަން ބޭނުންވާ ކަމަށް ބުނެއެވެ.
ނަބީހު އާމިރަކީ މީގެ ކުރިންވެސް މަސްތުވާތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފަރާތެކެވެ. ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރި އިރު، އެފަދަ އެހެން މައްސަލަ ތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކުރެއެވެ.
މި ލިއުމާއި ގުޅޭ