ފުޓުބޯޅަ ލީގުތައް ނުހަނު ފޯރިއާއި އެކު ބާލާ ފޭނުން މިވަގުތު ކެތްމަދުވެފައި ތިބީ މި ހިނގާ އޮގަސްޓު މަހުގައި ފެށިގެންދާ ލީގުތައް ބަލާލުމުގެ ފޮނި އިންތިޒާރުގައެވެ. 22/23 ސީޒަންގެ ފުޓުބޯޅަ ލީގުތައް މިއަހަރުގެ ޖޫން މަހުގައި ނިމުން އިރު އޯގަސްޓު 12 ވަނަ ދުވަހު އަނބުރާ ލީގުތަކުގެ އާ ސީޒަން ފެށިގެންދާނެއެވެ.
ފުޓުބޯޅައިގެ އެންމެ ވަރުގަދަ 4 ލީގު ކަމަށްވާ، އިނގިރޭސި ޕުރިމިއަރ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރި އާ އަދި ފުރެންޗް ލީގް 1 ގެ މެޗުތައް މިފަހަރުވެސް ފެނިގެންދާނީ ހަމައެކެނި މީޑިއާނެޓު މެދުވެރިކޮށް އައިސް ނެޓްވޯކުގެ ޗެނަލްތަކުންނެވެ.
ނިމިދިޔަ ސީޒަންތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމްތަކަށް ނަޒަރު ހިންގާލާ އިރު، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ ފުޓުބޯޅަ ލީގު ކަމުގައި އިނގިރޭސި ޕުރިމިއަރ ލީގުގެ ތަށި އުފުލާލީ މެންޗެސްޓަރ ސިޓީއެވެ. ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ސިޓީ އިން 5 ތަށި ނެގި އިރު ޖުމްލަ 7 ލީގު ތަށި ވަނީ ސިޓީއިން ކާމިޔަބު ކޮށްފައެވެ. އަދި މިއީ ސިޓީއިން ވިދިވިގެން ލީގު ތަށި އުފުލާލި 3 ވަނަ ފަހަރެވެ. ލީގު ހުޅުވާ މެޗު ކުޅޭނީ 12 އޯގަސްޓް ވާ ހޮނިހިރު ދުވަހުގެ މެންދަމު 00:00 ގައެވެ. ފުރަތމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީއާއި އަލަށް ލީގަށް ޕުރޮމޯޓްވި ބާންލީއެވެ.
ލީގުތަކުގެ 2 ވަނައަށް އެންމެ ގިނަމީހުން ބަލާ ސްޕެނިޝް ލަލީގާ ގެ ޗެމްޕިއަންކަން ނެގީ ބާސެލޯނާއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ، ބާސެލޯނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ޒަވީ ގެ ކޯޗުކަމުގެ ދަށުން ކާމިޔަބު ކުރި ފުރަތަމަ ލީގު ތަށީގެ އިތުރުން ލީގުގެ ތާރީހުގައި ބާސެލޯނާއިން ކާމިޔާބު ކުރި 27 ވަނަ ތައްޓެވެ. 11 އޯގަސްޓުގައި ލީގު ފެށިގެންދާއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ ބައްދަލުކުރާ މެޗެވެ. މި މެޗެ ކުޅޭނީ ހުކުރު ދުވަހުގެ ރޭގަނޑު 22:30 ގައެވެ.
ވާދަވެރި އިޓާލިއަން ލީގުގެ ވަރުގަދަ ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި ލީގުގެ ފަހުރުވެރި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނަޕޯލީއެވެ. އެންމެ ފަހުން ނަޕޯލީއިން ލީގު ތައްޓެއް ކާމިޔާބު ކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ވަނަ އަހަރުގައެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ ރޭ 21:30 ގައެވެ.
ލީގުތަކުގެ ފުރަތަމަ ހަފްތާގައި ހުރި ވަރުގަދަ ކުރިމަތިލުންތައް:
ދުނިޔޭގެ އެންމެ ނަން ހިނގާ މި ހަތަރު ލީގުގެ މެޗުތަކުގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕް އާއި ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއްވެސް ހަމައެކަނި ބަލާލެވޭނީ މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުންނެވެ. މީގެ އިތުރުން ބުންޑެސް ލީގާ، ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫރޮޕާ ލީގް އަދި އެފް އޭ ކަޕް ގެ މެޗުތައްވެސް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ އިންނާއި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ބަލާލެވޭނެއެވެ.