Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ މަސްރޭސް 2023: 34 ޓީމާއެކީ މާދަމާ މާލެ ސިޓީއިން ފަށަނީ!

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2023، 34 ޓީމާއެކު މާލެ ސިޓީ ގައި މާދަމާ ފެށުމަށް ތައްރާރުވެއްޖެއެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ 83 ޓީމަކުން ރަޖިސްޓާ ކޮށްފައިވާކަމަށެވެ. އެހެންވެ މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށްކަމަށް އެ ކުންފުނިން ބުނެއެވެ.

އެކުންފުނިން ބުނީ މާދަމާ މެންދުރު ފަހު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9:00 ގެ ކުރިން އަންނަންވާނެ ކަމަށެވެ.

އެގޮތުން މަސްކިރިމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށް ދާއިރު ހަބޭސްބޮޑުބެރުގެ ހަރަކާތްތަށް އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށް ދާނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައެވެ.

އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ:

  • • މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު
  • • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
  • • އައްޑޫ ސިޓީ: އޮގަސްޓް 18
  • • ފުވައްމުލައް ސިޓީ: އޮގަސްޓް 25
އުރީދޫން ބުނީ މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު އެ މުބާރާތުގައި ބައިވެރިވާކަމަށެވެ.
އެކުންފުނިން ބުނިގޮތުގައި އެ މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ލިބޭ އިނާމް:

  • • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • • 3 ވަނަ ޓީމް: 5000 ރުފިޔާ
  • • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫ މަސްރޭސް ގެ ކުޅިވަރު ބަލާލުމަށް އެންމެހައި ފަރާތްތަކަށް އުސްފަސްގަނޑު ސަރަހައްދަށް ދިއުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ދައުވަތު ދީފައެވެ.

މި ލިއުމާއި ގުޅޭ