Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

ޑިސްކައުންޓުތަކާއެކު ޓްރީ ޓޮޕުން ބެކް ޓު ސްކޫލް ޕޮރޮމޯޝަނެއް ފަށައިފި

ހާއްސަ ޑިސްކައުންޓުތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުން ބެކް ޓު ސްކޫލު ޕްރޮމޯޝަން ފަށައިފިއެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގެ ބޭނުމަކީ ކުދިން ސްކޫލަށް ދާން ތައްޔާރުވަމުންދާއިރު ރަނގަޅު ސިއްޙަތެއްގައި ހުރިކަން ކަށަވަރު ކުރުމެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހު 30 ގެ ނިޔަލަށެވެ.
އެގޮތުން އެ ޕްރޮމޯޝަންގައި ވެލް ޗައިލްޑް ޕެކޭޖުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެ ޕެކޭޖްގައި އެކުލެވިގެންވަނީ ތަފާތު އިންވސްޓިގޭޝަންތަކާއި ޕްރޮސީޖަރތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ޑޮކްޓަރާއި އެކު އެސެސްމަންޓް ހެއްދުން، ފިޒިކަލް އެގްޒެމިނޭޝަން، އިސްކޮޅު، ބަރުދަން، އަދި ބީއެމްއައި، ނިއުޓްރިޝަނަލް އެސެސްމަންޓް، ބްލަޑް ޕްރެޝަރ، ގްލޫކޯޒް ފާސްޓިންގ، ފުލް ބްލަޑް ކައުންޓް، އަޔަން އެންޑް ފެރިޓިން، ވިޓަމިން ޑީ، ޔޫރިން އެނަލައިސިސް، ވެކްސިން ދިނުމުގެ ޝެޑިއުލް އިސްލާހުކުރުން، ލިވަރ ފަންކްޝަން ޓެސްޓް، ރެނަލް ފަންކްޝަން ޓެސްޓް، ޑެންޓިސްޓް ސްކްރީނިންގ، ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް، އަދި ޓްރައިގްލިސެރައިޑްސް، ކުޑަކުދިންގެ ޑޮކްޓަރުންނާއެކު ތަހުގީގުތައް ރިވިއުކުރުން، ޖީ6ޕީޑީ ސްކްރީނިންގ ހިމެނެއެވެ.

ޑިސްކައުންޓު ރޭޓުތައް:

- ވެލް ޗައިލްޑް (6 އަހަރުން ދަށުގެ) – 5 ޕަސެންޓު ޑިސްކައުންޓް
- ވެލް ޗައިލްޑް (6-12 އަހަރު) – 15 ޕަސެންޓު ޑިސްކައުންޓް
- ވެލް ޗައިލްޑް (13-18 އަހަރު) – 15 ޕަސެންޓު ޑިސްކައުންޓް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކުޑަކުދިންގެ ސިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ހޮސްޕިޓަލެކެވެ. އެހެންކަމުން ސިއްހީ ޗެކްއަޕް ކުރުމަކީ ކުދިންގެ ސިއްހަތާއި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެހެންކަމުން ބެކް ޓު ސްކޫލް ޕްރޮމޯޝަނަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން ދަރިންގެ ސިއްހަތަށް އިސްކަންދިނުމަށް ބެލެނިވެރިންނާއި ބެލެނިވެރިން ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ތަފާތު ޚިދުމަތްތައް ތަޢާރަފް ކުރަމުންނެވެ.
އިތުރު މައުލޫމާތު 3351610 ނަންބަރަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
މި ލިއުމާއި ގުޅޭ