Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ފައިނޭންސިން ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ 2021 ވަނަ އަހަރު ހޯމް ލޯނާއި ފައިނޭންސިންގެ ރޭޓް ނުވަ ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށާއި އެއީ އެފަދަ ލޯނު ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ. އެގޮތުން ކުރިން އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 10 ޕަސެންޓުކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކާލް އިތުރަށް ވިދާޅުވީ ބީއެމްއެލްއިން ގެނައި އެ ބަދަލާއެކު ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެކަމަށާއި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަކަށް ފައިދާކުރާނެކަމަށެވެ.

މީގެކުރިން ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ފައިނޭންސް އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ 20 އަހަރެވެ.

އާމްދަނީ އެއް ލިބޭ، 18 އަހަރާއި 60 އަހަރާ ދެމެދު ކޮންމެ މީހަކަށް ވެސް އެ ލޯނަށް ކުރިމަތިލެވޭއިރު އެ ލޯނަށް ވަކިން އަދި އެހެން މީހަކާ އެކު ވެސް ކުރިމަތިލެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން އެ ކުންފުނިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާއެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. އެގޮތުން މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށް ވެސް މި ފެސިލިޓީ ބޭނުންކުރެވޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ