Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން ޑިޒްނީ ގޭމްސް ލޯންޗުކޮށް މަސް ރޭސް ބާއްވަނީ

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން އާ އަދި ހާއްސަ އޮފާތަކާއެކު ކުޑަކުދިންނަށް ޑިޒްނީ ގޭމްސް ލޯންޗުކޮށް، މި މަހު ކޮންމެ ހަފްތާ ބަންދެއްގައި މަސް ރޭސް ބާއްވަން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ޕީއާރު އޮފިސަރު ނޫރާ އިބްރާހީމް ވިދާޅުވީ އުރީދޫގެ ދަތުރު ފެށީގެން އައީ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ އުންމީދުގައި ކަމަށާއި މިހާ ހިސާބަށް އައިރު އެ އަމާޒު ވަރަށް ރަނގަޅަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން 18 އަހަރު ފުރުމާ ގުޅިގެން މުޅި އޮގަސްޓު މަހަށް ބަހާލައިގެން ވަރަށް ގިނަ ކަންތައްތަކެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހާއްސަ އޮފާތަކާއި ހާއްސަ އިވެންޓުތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި، ސުޕްނެޓް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް އަދި ކުޑަކުދިންނަށް ހާއްސަ ގޭމްތަކެއް އުރީދޫން ވަނީ ލޯންޗުކޮށްފަ އެވެ.
އެގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުން ގިނަ މަސްތަކެއްގެ ބިލް އެއްކޮށް ދައްކައިފިނަމަ ބޮޑު ޑިސްކައުޓެއް ލިބޭނެ އެވެ.
"ޕޯސްޓްޕެއިޑް ކަސްޓަމަރުން ބިލް މިސާލަކަށް ތިން މަހަށްވާ ވަރަށް ދައްކައިފިއްޔާ 5 ޕަސެންޓު ލިބޭނެ. މިގޮތަށް ގޮސް އިންނާނެ ދެ އަހަރަށް ބިލް ދެއްކޭ ގޮތަށް އިންނާނެ. ދެ އަހަރަށް ދައްކާނަމަ 20 ޕަސެންޓު ޑިސްކައުންޓު ލިބޭނެ،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވި އެވެ.
އަދި ސުޕަނެޓް ކަސްޓަމަރުންނަށް 18 އެމްބީޕީއެސްގެ އަންލިމިޑެޓް ޑޭޓާ ޕެކޭޖެއް ވަނީ ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖްގައި އެއްވެސް ކަހަލަ ލިމިޓެއް ނީންނާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 599ރ. އަށް ލިބޭ އެ ޑޭޓާ ޕެކޭޖް މުޅި މަހަށް ބޭނުންކުރެވޭނެ އެވެ.
އެއާ ފައިބާ ގޭމާސް ޕެކޭޖްތަކެއް ވެސް މިއަދު ވަނީ ލޯންޗުކޮށްފަ އެވެ. ގޭމަރުންނަށް ހައްސަ އެ ޕެކޭޖް 1 ޓީބީ، 100 އެމްބީޕީއެސް އަށް މުޅި މަހު ބޭނުންކުރެވޭ އެވެ. ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ޕެކޭޖަށް ފައިސާ ދައްކަން ޖެހޭނީ ކޮންމެ ހަފްތާއަކުންނެވެ. އެއީ ކޮންމެ ހަފްތާއަކު 250 ރުފިޔާ ދެއްކީމަ 250 ޖީބީ ލިބޭ ގޮތަށެވެ.
އޭގެ އިތުރުން އުރީދޫން މިއަދު ވަނީ މުޅިން އަލަށް ޑިޒްނީ ގޭމްސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. ނިޔާޒް ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތައާރަފުކުރި އެ ގޭމްސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އެވެ. އެއް ދުވަހަށްވެސް ސަބްސްކްރައިބް ކުރެވޭ ގޮތަށް ތައާރަފުކުރި އެ ގޭމްސްއަށް އެއް ދުވަހަށަ ދައްކަން ޖެހޭނީ 1 ރުފިޔާ އެވެ. މުޅި މަހަށް ދައްކަން ޖެހޭނީ 20 ރުފިޔާ އެވެ.
"މުޅިން އަލަށް ރާއްޖެއަށް ޑިޒްނީ ގޭމްސް މި ލޯންޗުކުރަނީ. އެއީ ތުއްތު ކުދިންނަށް ހާއްސަކޮށްގެން ތައާރަފުކުރި އެ ގޭމްތަކަކީ އާދަޔާ ހިލާފު ޝައުގުވެރިވާނެ ގޭމުތަކެއް. ޑިޒްނީ ގޭމްސްއާ 100 ވަރަކަށް ކުޑަކުދިން ގަޔާވާ ކަހަލަ ގޭމްތައް މީގެ ތެރޭގައި ހިމެނިގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.
އަހަރީ ދުވަހާ ގުޅިގެން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބޭ އުރީދޫ މަސް ރޭސް މުޅި އޮގަސްޓު މަހަށް ބަހާލައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ޕީއާރު އޮފިސަރު، ނޫރާ ވިދާޅުވި ގޮތުގައި މަސް ރޭސް މުޅި އޮގަސްޓު މަހަށް ބަހާލައިގެން ކުރިއަށް ގެންދާނީ ރާއްޖޭގެ ހަތަރު ކަންކޮޅުގައި، ކޮންމެ ހަފްތާ ބަންދެއްގަ އެވެ.
"އަލަށް މި ކުރިއަށްގެންދަނީ ރާއްޖޭގެ ހަތަރު ކަންކޮޅުގައި. އެއީ މާލޭގެ އިތުރުން ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި. ރާއްޖޭގެ އެކި ހިސާބުތަކުން 80 ޓީމާއެކު މަސް ރޭ އޮގަސްޓު މަހުގެ ތެރޭގައި ކުރިއަށްދާނީ ކޮންމެ ހަފްތާ ބަންދަކު،" ނޫރާ ވިދާޅުވި އެވެ.
އުރީދޫން މިއަދު ވަނީ އަހަރީ ދުވަހު ހާއްސަ ލަވައެއްވެސް ލޯންޗުކޮށްފަ އެވެ.
"ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ދިވެހިބްގެ ހިނިތުންވުން، ދިވެހިންނަށް ހިނިތުންވުން ގެނެސްދިނުން. އެހެންވީމަ މިކަމުގެ އުފަލުގައި 18 އަހަރު ފާހަގަކުރާއިރު މިކަމުގެ އުފަލުގައި ވަރަށް ހާއްސަ ލަވައެއް ލޯންޗުމިކުރަނީ،"
މި ލިއުމާއި ގުޅޭ