Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހުމަދުގެ މަރުގެ ހުކުމް ރިވިއު ކުރުމުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އޮކްޓޯބަރު 2012 ގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކަމާއެކު އަފްރާޝީމް މަރާލި ކަމަށް ކްރިމިނަލް ކޯޓުގައި ހުމާމް ކުރިން އިއުތިރާފްވި އެވެ. އެކަމަކު އޭނާ ފަހުން ބުނަމުން ގެންދަނީ އޭނާ އެއްބަސްވީ ބިރުދެއްކުމުން ކަމަށާއި އަދި އަފްރާޝީމްގެ މަރާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.

އެ މައްސަލާގައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން 2016 ގައި ދެމެހެއްޓި އެވެ.
ނަމަވެސް ދާދިފަހުން އޭނާގެ ފަރާތުން ވަނީ އެ ހުކުމް ރިވިއުކުރަން މައްސަލައެއް ހުށަހަޅައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ނިންމީ އެ މައްސަލަ ބަލައިނުގަންނާށެވެ.
ހުމާމްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް އެ މައްސަލާގައި ކުށް ސާބިތެއް ނުވި އެވެ.
މި ލިއުމާއި ގުޅޭ