Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

މީސްތަކުން ދީނާ ދުރުކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ: ސަލީމް

މީސްތަކުން ދީނާ ދުރުކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރެވޭ ފަދަ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރުމާއި ގުޅިގެންނެވެ.

ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްތަކުން ދީނާ ދުރުކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.

އެކަން ފާހަގަކުރައްވާ އޭނާ ވަނީ ރައްޔިތުން އެކަމަށް ފާރަވެރިވެ ހޭލާ ތިބުމަށް ގޮވާލައްވާފައެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު މޫނު ބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އިއްޔެ ވަނީ އިހްތިޖާޖެއްވެސް ބާއްވާފައެވެ. އެ އިހްތިޖާޖު ބާއްވާފައިވަނީ އިއްޔެ ހަވީރު 4:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

އިއްޔެގެ އެ އިހްތިޖާޖުގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތައުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އަދި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ