Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

މިނިވަން އުފާ ކާނިވަލުގެ ބައިވެރިންނަށް އުރީދޫގެ ފަރާތުން ބާލީ ދަތުރެއް!

ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލުގެ ޕަރޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 7 ދުވަހުގެ ބާލީ ދަތުރެއް ދޭން ނިންމައިފިއެވެ.

އުރީދޫން ބުނީ މިރެއިން ފެށިގެން އަންނަ އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރު އޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެކަމަށެވެ.
އުރީދޫން ބުނީ އެ ކާނިވަލްގައި ކުރިއަށް ދާ ލަކީ ޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އެކުންފުނިން ދޭ 7 ދުވަހުގެ ބާލީ ދަތުރު ގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ދާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށެވެ.
އެކުންފުނިން ބުނިގޮތުގައި ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހު، 3 އޯގަސްޓް 2023 ގައެވެ.
އެކުންފުނިން އިތުރަށް ބުނީ 7 ދުވަހުގެ އެ ދަތުރުގައި ފްލައިޓް ޓިކެޓް 4 ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށާއި އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މީގެއިތުރުން ޓުއާގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާ، އަޓޫހ ބީޗަށް ޒިޔާރާތްކުރުން، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި، ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އުރީދޫން ބުނެއެވެ.
މި ލިއުމާއި ގުޅޭ